Roadha Mihaaru

ޓްރަމްޕާ އެކު މަސައްކަތް ކުރަން ލޯބިކުރަން: ބިން ސަލްމާން

ރިޔާޒް (އޮކްޓޯބަރު 6) - އެމެރިކާގެ މިހާރުގެ ސަރުކާރާ އެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަސައްކަތް ކުރަން ލޯބި ކުރާ ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ޓްރަމްޕާއެކު މަސައްކަތްކުރަން ލޯބިކުރަން: ބިން ސަލްމާން
ހަސަން އާމިރު
ހަސަން އާމިރު

06 އޮކްޓޯބަރ 2018

ރިޔާޒް (އޮކްޓޯބަރު 6) - އެމެރިކާގެ މިހާރުގެ ސަރުކާރާ އެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަސައްކަތް ކުރަން ލޯބި ކުރާ ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ އެހީއާ ނުލައި ސަލްމާން ރަސްގެފާނަށް ދެ ހަފުތާ ވެސް ވެރިކަމުގައި ނުހުންނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

"ޓްރަމްޕާ އެކު މަސައްކަތް ކުރަން ލޯބިކުރަން. ދެ ގައުމު ގުޅިގެން ކުރި މަސައްކަތުގައި ވަރަށް ގިނަ ކަންކަން ވަނީ ހާސިލް ކުރެވިފައި. އޭގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް ކުރި މަސައްކަތް ހިމެނޭ،" އެމެރިކާގެ ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ބިން ސަލްމާން ވިދާޅުވި އެވެ.

އުމުރުން 33 އަހަރުގެ ބިން ސަލްމާން ވިދާޅުވީ އާއިލާތަކުގެ މެދުގައި މައްސަލަތައް ހުންނަ ފަދައިން ކިތަންމެ ގާތް ބައެއްގެ މެދުގައި ވެސް މައްސަލަތައް ހުންނާނެ ކަމަށެވެ.

މިސިސިޕީގައި ވާހަކަ ދައްކަވަމުން މިދިޔަ ހަފުތާގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާގެ އެހީ ހުއްޓާލައިފި ނަމަ ދެ ހަފުތާ ވެސް ސަލްމާން އަށް ރަސްކަމުގައި ނުހުންނެވޭނެ ކަމަށެވެ.

ޓްރަމްޕް މީގެ ކުރިން ވަނީ ސައުދީ އަރަބިއާ އިން އެމެރިކާގެ ހިމާޔަތް ބޭނުންވާ ނަމަ އެ ގައުމުން ޚަރަދު ކުރަން ޖެހޭ ވަރު ވެސް އިތުރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.