Roadha Mihaaru

ޒުވާނުންގެ މުޒާހަރާގައި އިސްކޮށް އުޅުނު ދެ މީހުންނަށް ކުރި ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދާއި އައިޝަތު ޝިމަންގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.

ޒުވާނުންގެ މުޒާހަރާއާ ގުޅޭ ދައުވާ އަނބުރާ ގެނެސްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

25 ނޮވެމްބަރ 2025

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދާއި އައިޝަތު ޝިމަންގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.

މިދިޔަ އޭޕްރީލް މަހު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށް ތުހުމަތުކޮށް ޒުވާނުންތަކެއް މާލޭގައި ކުރި އެ މުޒާހަރާ ރޫޅަލުމަށް ފަހު، މަހްޒޫމާއި ޝިމަން އޭރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ދޫކޮށްލި އެވެ.

އެ މައްސަލާގައި މަހްޒޫމްގެ މައްޗަށް ކުރީ އަނިޔާއެއް ކުރުމުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ އެ ދެ ދައުވާ ކުރިއަށް ނުގެންދަން ނިންމީ އެ ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި އެ މީހުންގެ އަމަލުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާތީ ކަމަށެވެ.

ޒުވާނުން ކުރި މުޒާހަރާތަކާ ގުޅިގެން، ޔުމްނުގެ މައްސަލާގައި ކަން ހިނގި ގޮތް ބެލުމަށް ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެވެ. އަދި އެ ކޮމިޝަންގެ ތަހުގީގުން ނިންމާފައިވަނީ ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށެވެ.

އެ ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ މައްޗަށް ވެސް ދައުލަތުން މިހާރު ވަނީ ދައުވާކޮށްފަ އެވެ. އޭނާ ވަނީ އެ ދައުވާއަށް އިއުތިރާފުވެފަ އެވެ.

އެ ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް ރާއްޖެއިން ބޭރުން ފަރުވާ ދީފައިވެ އެވެ.