ތ. ވިލުފުށީގައި ހުންނަ މަސްޖިދު އުމަރު ފާރޫގްއަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
24 ސެޕްޓެމްބަރ 2025
ތ. ވިލުފުށީގައި ހުންނަ މަސްޖިދު އުމަރު ފާރޫގްއަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އެކަން އިއުލާން ކުރެއްވީ ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
"މި ރަށުގެ ހުރި މިސްކިތް، އިސްލާމީ މަރުކަޒަކަށް ހެދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އެބަދޭ. ކުރިއަށް އޮތް ތަނުގައި އެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ތ. ވިލުފުށީ މަސްޖިދު އުމަރު ފާރޫގް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެ މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލު ކުރުމަކީ ވިލުފުށީ ރައްޔިތުން ރައީސް އަރިހުގައި އެދިފައިވާ ކަމެކެވެ.
އެއްހާސް މީހުންގެ އާބާދީއެއް އޮންނަ ވިލުފުށީގެ މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. ޖުމްލަ 5،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އަޅާފައިވާ އެ މިސްކިތަކީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ވިލުފުށީގައި ބިނާކުރި މިސްކިތެކެވެ.
ތ. ވިލުފުށީ މަސްޖިދު އުމަރު ފާރޫގް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެ މިސްކިތުގައި ގުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް މިހާރު ހިންގަމުންދެ އެވެ. އަދި ގުރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުން ވެސް ދެއެވެ.
"ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތް ހުޅުވާނެ"
ބޮޑުގެ މިސްކިތް އެޅުމުގެ މަސައްކަތް ފަށައިފި
ވިލުފުއްޓަށް އާ ވައުދުތަކާއެކު،ބައެއް ކަންކަން ފަށައިފި
ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
އެންމެ ބޮޑު އެހީތެރިކަމީ ހަމަޖެހުމަށް ދޭ ތާއީދު
ވިލުފުށީ އެއާޕޯޓް ދެ އަހަރާ ބައިން ނިންމާނަން:ރައީސް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް
މިސްކިތުގެ ހުރުމަތް ކެނޑި ކަމަށްބުނާ ވާހަކައަކީ ދޮގެއް
މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ
ސަހަރާ ނިންމަން އެހީވި މީހުންނަށް ރައީސްގެ ޝުކުރު