ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާގައި ކަރަންޓުގައި ޖެހި ފިހުނު މީހާއަށް އިތުރު ފަރުވާދިނުމަށް އެއާ އެމްބިއުލާންސްގައި ތައިލެންޑަށް ގެންގޮސްފި އެވެ.
01 ޑިސެމްބަރ 2025
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާގައި ކަރަންޓުގައި ޖެހި ފިހުނު މީހާއަށް އިތުރު ފަރުވާދިނުމަށް އެއާ އެމްބިއުލާންސްގައި ތައިލެންޑަށް ގެންގޮސްފި އެވެ.
ސްޓެލްކޯގެ 43 އަހަރުގެ މުވައްޒަފު ވަނީ އެ ހާދިސާގައި އެކި ތަންތަނުން ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސް ވެފަ އެވެ.
އެ ހާދިސާއަށް ފަހު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެެވެ. އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު، ހަމަ އެ ދުވަހު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
އޭޑީކޭގައި ފަރުވާދެމުންދިނުމަށް ފަހު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ ރޭގެ ވަގުތެއްގައި އެއާ އެމްބިއުލާންސްގަ އެވެ. ސްޓެލްކޯގެ ހަރަދުގައި ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލުގައި މިހާރު ވަނީ އޭނާގެ ފަރުވާ ފަށައިފަ އެވެ.
އެ ހާދިސާއާ ގުޅިގެން ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލުކުރަމުން ދަނިކޮށެވެ.
އެ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން އެ ދުވަހު ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.
ސްޓެލްކޯ އިން ބުނީ އޭނާގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި، އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ މުވައްޒަފުގެ އާއިލާއާ ގުޅިގެން ދޭނެ ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ.
ފިހުނު މީހާ އިތުރު ފަރުވާއަށް އޭޑީކޭއަށް
ކަރަންޓްގައި ޖެހުނު މީހާ ވަނީ ވަރަށް ބޮޑަށް ފިހިފައި
ސްޓެލްކޯގެ މައި އިންޖީނެއްގައި އަލިފާނުގެ ހާދިސާއެއް
ޑީޕް ޓްރެކާއަކާއި ޑްރޯންއެއް ސްޓެލްކޯއިން ހަދިޔާކޮށްފި
ޓްރާންސްފޯމަރެއްގައި ރޯވެ، ހިޔާއިން ކަރަންޓު ކެނޑިއްޖެ
ސްޓެލްކޯގެ ފްލެޓެއްގައި ގޭސް ލީކުވެ މީހަކު ފިހިއްޖެ
ފަރިިވާގައި ރޯވުން: ސުޕްރީމްކޯޓުން ސެޓްލްކޯއަށް ކާމިޔާބު
ފަރިވާ ފިހާރާގައި ރޯވުން:ސުޕްރީމްކޯޓުން ހުކުމާ ހަމައަށް
ފަރިވާގައި ރޯވީ ސްޓެލްކޯގެ އިހުމާލުންކަން ސާބިތެއް ނުވި
ކަރަންޓު ފޮށީގައި ރޯކުރި މީހުންގެ ބަންދަށް 15 ދުވަސް