ސައިކަލެއް ވަގަށް ނަގައިފި ނަމަ އެ ސައިކަލް ހޯދެންދެން، އަހަރީ ފީ ދައްކަން ނުޖެހޭ އުސޫލެއް ކަނޑައަޅައިދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ސިޓީއެއް ފޮނުއްވައިފި އެވެ.
04 ޑިސެމްބަރ 2025
ސައިކަލެއް ވަގަށް ނަގައިފި ނަމަ އެ ސައިކަލް ހޯދެންދެން، އަހަރީ ފީ ދައްކަން ނުޖެހޭ އުސޫލެއް ކަނޑައަޅައިދޭން އެދި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ ސައިކަލްތައް ވަގަށް ނެގުން ގިނަވެފައިވާ ކަމަށާއި އެހާލަތުގައި ސައިކަލްތަކުގެ ވެރިންނަށް ކުރިމަތިވާ މާލީ އަދި އިދާރީ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
ކުޑޫ ހުށަހެޅުއްވި ފުރަތަމަ ކަމަކީ ސައިކަލެއް ވަގަށް ގެންދިއުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި ނަމަ ސައިކަލް ފެންނަންދެން އަހަރީ ފީ މާފުކޮށްދިނުމެވެ. ދެވަނަ ކަމަކީ ގެއްލޭ ސައިކަލް ފެނިއްޖެ ނަމަ އެ ސައިކަލް ގެއްލުނު އިރު އޮތް ރަޖިސްޓްރީއަށް އަލުން އިއާދަކޮށްދިނުމެވެ. އެކަމަކު އެގޮތަށް އަމަލުކޮށްދޭނީ ވަގަށް ނެގި ކަމުގެ ޕޮލިސް ރިޕޯޓް ޓްރާންސްޕޯޓަށް ހުށަހެޅުމުން ކަމަށް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރަށް ފޮނުއްވި ސިޓީގައި ކުޑޫ އެދިވަޑައިގެންނެވި އަނެއް ކަމަކީ ސްކޫލްތައް ނިމޭ ގަޑިތަކުގައި ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް މެނޭޖްކުރަން އާންމު ޓްރެފިކް ގަވައިދުގެ އިތުރުން، ހާއްސަ އުސޫލެއް ކަނޑައަޅައި ތަންފީޒުކޮށްދިނުމެވެ.
ކުޑޫ ވިދާޅުވިގޮތުގައި އެފަދަ އުސޫލެއް ކަނޑައަަޅައި ތަންފީޒުކުރަން އެދިވަޑައިގެންނެވީ ސްކޫލްތައް ނިމޭ ގަޑީައި ސްކޫލްތަކުގެ ކައިރީގައި ޓްރެފިކް ބާރުބޮޑުވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯއްދެވުމަށެވެ.
ހެލިކޮޕްޓަރު އޮޕަރޭޓަރުކުރާނެ ބަޔަކު އަލުން ހޯދަނީ
ބިދޭސީންނަށް ވެހިކަލް ރަޖިސްޓްރީކޮށް ދިނުން ހުއްޓާލައިފި
ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަަލަށް
އުޅަނދުތަކަށް އާ އިންޝުއަރެންސްއެއް ތައާރަފްކުރަނީ
ޓެކްސީލައިނަށް ބިމެއް، އޮގަސްޓް މަހު ހިދުމަތް ފަށަނީ
އާރުޓީއެލްއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ
"އިމްތިހާނާ ނުލައި ލައިސަންސް ދެނީ ފަސޭހަކޮށްދޭން"
ސަރުކާރުގެ ޓެކްސީ ލައިން ޖުލައި މަހު ފަށަނީ
ބަހާލައިގެން ޖޫރިމަނާ ދައްކަން 58 މީހަކު ހުށަހަޅައިފި
ހެލިކޮޕްޓަރުގެ ހިދުމަތް މާޗް މަހު ފަށާނެ: އަމީން