އައްޑޫ ހިތަދޫގައި އިއްޔެ ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކަައި، ފޭރުނު މައްސަލައެއްގައި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.
16 އޮކްޓޯބަރ 2024
އައްޑޫ ހިތަދޫގައި އިއްޔެ ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކަައި، ފޭރުނު މައްސަލައެއްގައި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލާގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ތަހުގީގުގެ ބޭނުމަށް 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ހުއްދަ ދީފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި މިއަދު އިތުރު މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.
ސޭޓަށް ބިރު ދައްކާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެ އިން ފެންނަނީ ފިހާރައަކަށް ދެ މީހަކު ވަދެ އެކަކު ދަގަނޑުބުރިއަކުން އަދި އަނެއް މީހާ ވަޅިއަކުން ސޭޓަށް ބިރުދައްކައި، ފައިސާތައް ފޭރިގެން ދާ މަންޒަރެވެ.
އެ މީހުން ފޭރުމަށް ފަހު، ނުކުމެގެން ދާއިރު ދަގަނޑުބުރި އޮންނަނީ ފިހާރައިގެ ސޭޓުގެ އަތުގަ އެވެ. އޭނާ އެ މީހުން ފަހަތުން އެ ހިފައިގެން ދުއްވައިގަންނަ ތަން އެ ވީޑިއޯ އިން ފެނެ އެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސޭޓަކަށް ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރު
ފިހާރައެއް ފަޅާލައި ބޮޑު ވައްކަމެއް މިނެޓަކުން
އައްޑޫގައި ވަގުންގެ "ރަސްކަން"
އައްޑޫން ވަގަށް ނެގި ތިޖޫރީ ފެނުނީ ފުއްޓަރުފަރާތުން
ފޭރިގަނެ ސައިކަލުން ޖައްސައި ފިލުމުން ހައްޔަރުކޮށްފި
އައްޑޫ 10 ތަނެއް ބަލައިފާސްކޮށް 10 މީހުން ހައްޔަރު
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ހިތަދޫގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި