އިންޑިއާގެ ހުޅަނގުގައި އޮންނަ ގޯއާ ސްޓޭޓްގެ މަޝްހޫރު ނައިޓްކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 23 މީހަކު މަރުވެފައިވާ ކަމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕްރަމޯދް ސާވަންތު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ހުޅަނގުގައި އޮންނަ ގޯއާ ސްޓޭޓްގެ މަޝްހޫރު ނައިޓްކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 23 މީހަކު މަރުވެފައިވާ ކަމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕްރަމޯދް ސާވަންތު މިއަދު ވިދާޅުވެއްޖެ އެވެ.
އޮފިޝަލުންނާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުނީ އަރްޕޯރާ ޑިސްޓްރިކްޓުގައި ހުންނަ ނައިޓްކްލަބުގައި ރޯވީ ރޭ މެންދަމު ކަމަށާއި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޓޫރިސްޓުން ވެސް ހިމެނޭ ކަމަށެވެ.
މި ހާދިސާ ހިނގިކަން ހާމަކުރައްވައި ޗީފް މިނިސްޓާރު ސާވަންތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދައި އެކަމުގައި ޒިންމާވާންޖެހޭ ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ހާދިސާ ހިނގި ތަނަށް ސާވަންތު ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި މަދުވެގެން ތިނެއް ނުވަތަ ހަތަރު ޓޫރިސްޓުން ހިމެނޭ ކަމަށެވެ.
އަރަބި ކަނޑުގެ އައްސޭރިފަށުގައި އޮންނަ، ޕޯޗުގީޒުންގެ ކުރީގެ ކޮލޮނީއެއް ކަމަށްވާ ގޯއާ އަކީ އެތަނުގެ ގޮނޑުދޮށާއި މާހައުލުގެ ރީތިކަން ދެކެލަން ކޮންމެ އަހަރަކުވެސް އެތައް މިލިއަން ޓޫރިސްޓުންނެއް ޒިޔާރަތްކުރާ ތަނެކެވެ. އެކަމަކު ތޮއްޖެހުން ބޮޑު އަދި އިމާރާތްކުރުމުގައި ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލު ނުކުރުމުގެ މައްސަލަ ބޮޑު އެތަނުގައި އަލިފާނުގެ ހާދިސާތައް އާންމުކޮށް ހިނގަ އެވެ.
ގޯއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ސިލިންޑަރެއް ގޮވައިގެންނެވެ. ނަމަވެސް އެކަން ޔަގީންވާނީ ތަހުގީގަށް ފަހުގައި ކަމަށް ބުނެފައިވެ އެވެ.
މިދިޔަ މެއި މަހު ވަނީ އިންޑިއާގެ ހައިދަރުއާބާދުގެ ތިން ބުރީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 17 މީހަކު މަރުވެފަ އެވެ. އޭގެ އެއް މަސް ކުރިން ކޮލްކަތާގެ އިމާރާތެއްގައި ރޯވެ 15 މީހަކު މަރުވި އެވެ. އަދި ހުޅަނގު ގުޖަރާތު ސްޓޭޓްގައި މިދިޔަ އަހަރު ވަނީ އެމިއުޒްމެންސްޓް ޕާކެއްގައި ރޯވެ 24 މީހަކު މަރުވެފަ އެވެ. މި ހާދިސާތަކުގައި އެހާ ގިނަ މީހުން މަރުވެފައި ވަނީ އިމާރާތްތަކުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަން ނެތުމުން ކަމަށް އޮފިޝަލުން އެ ހާދިސާތަކާ ގުޅޭ ގޮތުން އޭރު ބުނެފައިވެ އެވެ. -- އޭއެފްޕީ
އިންޑިއާ ކައިރިން ކާގޯ ބޯޓެއްގައި ރޯވެ އަނދަނީ
އަލިފާނުގެ ހާދިސާ: ރާއްޖެ އައި އިންޑިއާ ޓީމް ފުރައިފި
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 10 ކުދިން މަރުވެއްޖެ
އިންޑިއާގެ ގޭމިން އާކޭޑެއްގައި ރޯވެ 24 މަރު، ގިނައީ ކުޑަކުދިން
ކާކުގެ ކަށިތަކެއްކަން އެނގޭނީ ޑީއެންއޭ ހެދުމުން
އަލިފާނުގެ ހާދިސާ ގެއްލުނު މީހާގެ ވަނަރު އާންމެއްނުކުރި
ގެއްލުނު މީހާ ނުފެނުނު: އެފްކޮންސް
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
މަރުވި އެންމެންގެ ހަށިތައް ފޮނުވާލައިފި