ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލުގެ ބައެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންވާ ކަންކަން ދިރާސާ ކުރުމަށް ފަހު އިންޑިއާގެ ފުލުހުންގެ ޓީމް ފުރައިފި އެވެ.
28 ޑިސެމްބަރ 2024
ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލުގެ ބައެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންވާ ކަންކަން ދިރާސާ ކުރުމަށް ފަހު އިންޑިއާގެ ފުލުހުންގެ ޓީމް ފުރައިފި އެވެ.
ހައުސިން އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގަށް ރާއްޖެ އައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމް ފުރާފައި ވަނީ، ފުލުހުން ބުނި ގޮތުގައި، މި މަހު 22 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އެ ޓީމުން އަލިފާނުގެ ހާދިސާ ހިނގި ތަންތަން ބަލައި ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ދިރާސާ ކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާ އާ ގުޅޭ ފޮޓޯ އާއި ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާ އާ ގުޅުންހުރި މުހިންމު މައުލޫމާތުތައް އެ ޓީމާ ހިއްސާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތަކެތި ދިރާސާކުރުމަށް ފަހު އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 6:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ދެ މިނިސްޓްރީ ހިންގަމުން އައި ޓިނު އިމާރާތާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭ ހިންގަމުން އައި ގްރީން ބިލްޑިން އަދި މާލެ ސިޓީ ކައުންސިލް ހިންގަމުން އައި ތަން ވެސް ވަނީ އަނދައި ހުލިވެފަ އެވެ.
އެ އިދާރާތައް މިހާރު ހިންގަމުން އަންނަނީ ވަގުތީ ގޮތުން ދަރުބާރު ގޭގަ އެވެ.
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
ޕޮންގަލް ފާހަގަކުރަން އުޅެނިކޮށް ހުއްޓުވައިފި
ޔޮޓެއްގައި ޑްރަގްސް އެތެރެކުރަން އުޅުނު މީހުން ހައްޔަރު
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި
ހައުސިން މިނިސްޓްރީން 10މީހަކު ސަސްޕެންޑް ކޮށްފި
އަލިފާނުގެ ހާދިސާއާއި ގޯތިތަކުގެ މައްސަލައާ ގުޅުމެއްނެތް