އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގެ ތެރޭގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިންގި މާރާމާރީއާ ގުޅިގެން ދަރިވަރު ވެސް ސަސްޕެންޑް ކޮށްފި އެވެ.
11 ޑިސެމްބަރ 2025
އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގެ ތެރޭގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިންގި މާރާމާރީއާ ގުޅިގެން ދަރިވަރު ވެސް ސަސްޕެންޑް ކޮށްފި އެވެ.
މި މާރާމާރީ ހިނގީ އެ ސްކޫލުގެ ގްރޭޑް 12ގެ ދަރިވަރަކާއި ބީޓެކް ކިޔަވައިދޭ އިންޑިއާގެ ޓީޗަރަކާ ދެމެދުގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެ ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ.
މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ދަރިވަރު ވެސް މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ ދަރިވަރު ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުވުމަށް ސްކޫލަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަސްޕެންޑް ކޮށްފައި ވަނީ ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް، އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއް ނިންމައި ދަރިވަރު އަމިއްލައަށް މާފަށް އެދެންދެން. އެ އެ ޕްރޮގްރާމްގައި ކިތަންމެ ގިނަ ދުވަހެއް ވިޔަސް، ދަރިވަރު އަމިއްލައަށް މާފަށް އެދެންދެން އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
މިފަދަ އަހުލާގީ މައްސަލަތަކުގައި މީގެ ކުރިން ދަރިވަރުން ސަސްޕެންޑްކުރަމުން އައި ނަމަވެސް، އޮފިޝަލް ވިދާޅުވި ގޮތުގައި، އިއްޔެއާ ހަމައަށް އޮތީ ހުއްޓާލައިފަ އެެވެ. އެކަމަކު ޓީޗަރުންގެ ގަޔަށް އަތްލައި ކްލާސްތެރޭގައި އެފަދަ ގޮތަށް އުޅޭ ނަމަ ދަރިވަރުން ސަސްޕެންޑްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ދަރިވަރު ވެސް ޓީޗަރުގެ ގައިގައި ޖަހަ އެވެ. އެ ރުޅީގައި ޓީޗަރު ދަރިވަރަށް އަނިޔާކުރިއިރު ކްލާސް ރޫމްގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.
ޓީޗަރަށް އެކަނި ފިޔަވަޅު އެޅުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކި އެވެ.
އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިނގަން މެދުވެރިވީ ފޯނުން ދެއްކި ވީޑިއޯއެއްގެ ސަބަބުންނެވެ.
މިހިސާބަށް ދިޔައިރު ވެސް ޓީޗަރުންނަށް ހިމާޔަތެއް ނެތް!
ދަރިވަރެއްގެ ގައިގައި ތަޅައިގަތް ޓީޗަރެއްގެ މައްސަލައެއް
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
އިނގިރޭސި މާއްދާ އަށް މޮޅީ ސިޓީތަކުގެ ދަރިވަރުން
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ