Roadha Mihaaru

ގައިދީން ކުރާ ސްކޭމް ކޯލްތައް ރިޕޯޓްކުރަން ފަސޭހަ އިންތިޒާމެއް

ގައިދީން ކުރާ ސްކޭމްކޯލްތައް ރިޕޯޓްކުރަން ހޯމް މިނިސްޓްރީން ހާއްސަ އިންތިޒާމެއް ހަމަޖައްސައިފި އެވެ.

ސްކޭމް ކޯލްތައް ރިޕޯޓްކުރަން ފަސޭހަ އިންތިޒާމެއް

ގައިދީން ކުރާ ސްކޭމްކޯލްތައް ރިޕޯޓްކުރަން ހޯމް މިނިސްޓްރީން ހާއްސަ އިންތިޒާމެއް ހަމަޖައްސައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގައިދީން އެކި ފަރާތްތަކަށް ގުޅައިގެން ގާނޫނާ ހިލާފު އމަަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަަމަށާއި އެފަދަ ކޯލްތައް ރިޕޯޓްކުރާނެ އިންތިޒާމެއް ހަމަޖެއްސީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.

އިއުލާނުގައިވާ ގޮތުން އެ އިންތިޒާމަކީ ސަރުކާރުގެ އިދާރާތައް ގުޅުވައިދޭ ޑިޖިޓަލް ޕްލެޓްފޯމް "ވަންގަވްޑޮޓް އެމްވީގައިވާ ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ފޯންކޯލްތަކުގެ ޒަރިއްޔާއިން ހިންގާ ސްކޭމްތަކުގައި ޖެހި، އެކި މީހުންގެ އަތުން އެތައް މިލިޔަން ރުފިޔާއެއް ގެއްލެ އެވެ.

އެގޮތަށް ގެއްލޭ ފައިސާ ހޯދަން ކުރާ މަސައްކަތުން ބައެއް ފަހަރު ފައިސާ ރިކަވާ ކުރެވުނު ނަމަވެސް އޭގެ ބޮޑުބައެއް ރިކަވާ ނުވެސް ކުރެވެ އެވެ. އެފަަދަ ކޯލްތަކުގެ މައްސަލަ ރިޕޯޓްކުރަން ފުލުހުން ވެސް ގިނަ އިންތިޒާމުތަކެއް ހަމަަޖައްސާފައި ވެ އެވެ،