ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާއާ އެކު ސޮއިކޮށްފި އެވެ.
12 ޑިސެމްބަރ 2025
ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރާއާ އެކު ސޮއިކޮށްފި އެވެ.
މި ޕާޓްނާޝިޕް ދިރާގުން އިއްުޔެ އިއުލާނުކުރީ ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ދެ ފަރާތުން އެ "ގުޅުން" ގެ ސަބަބުން ދިރާގު އެލީޓް ކްލަބްގެ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ބާސެލޯ ނަސަންދުރާގެ ރެސްޓޯރެންޓްތަކުން ހާއްސަ ޑިސްކައުންޓުތައް ލިބޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި، އެއީ ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް މެދުވެރިކޮށް ލިބޭ ހާއްސަ އޮފާތައް އިތުރަށް ފުރިހަމަވާނެ ޕާޓްނާޝިޕެކެވެ.
މި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރުޝާން ހަސަން ވިދާޅުވީ ބާސެލޯ ނަސަންދުރާއާ އެކު ގާއިމުކުރި ޕަޓްނާޝިޕުން އެލީޓް ކްލަބް ޕްރޮގްރާމުގެ މެމްބަރުންނަށް ގިނަ ފައިދާތަކަކާއި އިތުރު ތަޖުރިބާތަކެއް ހޯދޭނެ މަގު ފަހިވާނެ ކަމަށެވެ.
ބާސެލޯ ނަސަންދުރާގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، އެންރިކް ރެއިނާ ވިދާޅުވީ ދިރާގުގެ ޕާޓްނާޝިޕްގެ ދަށުން ކަސްޓަމަރުންނަށް ލިބޭ ހާއްސަ އޮފާތަކާ އެކު، ބާސެލޯގެ ހިތްގައިމު ރެސްޓޯރަންޓްތަކުގެ ރަހަތަކާއި ބައިނަލްއަގްވާމީ ފެންވަރުގެ މެހެމާންދާރީ ތަޖުރިބާ ކޮށްލުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.
މާލޭގައި ހުންނަ ހަމައެކަނި ފަސްތަރީގެ ހޮޓާ، ބާސެލޯ ނަސަންދުރާގައި ތަފާތު ތިން ރެސްޓޯރަންޓަކުން އަންނަނީ ހިދުމަތް ދެމުންނެވެ. މި ރެސްޓޯރަންޓްތަކަށް ބަލައިލާއިރު އޮއިވަރު ރެސްޓޯރެންޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަށް ތީމްޑް ބުފޭ ނައިޓްތައް މެދުވެރިކޮށް ލިބިގެންދާ ރެސްޓޯރެންޓެކެވެ. ބީހެވެން ރެސްޓޯރެންޓަކީ އެ ހޮޓެލްގެ ރޫފްޓޮޕްގެ ހިތްގައިމު މާހައުލުގައި ބިނާކޮށްފައިވާ ރެސްޓޯރަންޓަކަށް ވާއިރު، އަލިމަސް ކެފޭއިން ޕްރިމިއަމް ކޮފީ އާއި އެކި ވައްތަރުގެ ރަހަމީރު ކާތަކެތި ލިބެން ހުރެ އެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭނެ އެކި ކަންތައްތައް ހިމަނައިގެންނެވެ.
ދިރާގު ކަލަންޑަރުގައި ޑިސެމްބަރު ހާއްސައީ މަސްވެރިކަމަށް
ބާބާ ގާޑިޔާގެ ޝަވަރުމާ، ދިރާގު ޕޭ އިން 1ރ. އަށް!
ދިރާގުން "ލިމިޓްލެސް ބޫސްޓާސް" ތައާރަފްކޮށްފި
ދިރާގު ޕޭއިން 50000ރ. ހޯދުމުގެ ފުރުސަތު ހަމަވަނީ
އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ
ދެ ލޯންޗު ހޯދުން ދެ ގުނަކޮށްދޭ އޮފާ ހަމަވަނީ
ޑީޖީޖީ އާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ދިރާގު ޕޭ ކަސްޓަމަރުންނަށް މާދަމާ 1ރ. އަށް ކޮފީއެއް
އެމްއެލްބީބީ މިނީ ސީރީޒަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު