Roadha Mihaaru
ކަލިނަރީ ޗެލެންޖުން ވަނަ ހޯދި މީހުން ހޮންކޮންގަށް

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލަންޖުން ވަނަ ހޯދި މީހުން ހޮފެކްސްގައި ބައިވެރިވަނީ

03 އެޕްރީލް 2017

މިދިޔަ އަހަރުގެ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލަންޖުން ވަނަތައް ހޯދި ތިން ޝެފުން ހޮންކޮންގްގައި އޮންނަ "ހޮފެކްސް 2017" ގައި ބައިވެރިވުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ހޮޓެލް އެންޑް އެގްޒިބިޝަންސް (މެކްސް) އިން ބުނެފި އެވެ.

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖްގައި 2016 ގައި ވަނަ ހޯދީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ޝެފް އަހުމަދު ފަތީން އާއި ހުޅުލެ އައިލެންޑް ހޮޓެލްގެ ދެ ޝެފުން ކަމަށް ވާ، އިންދްރަ ކުމާރު ލިމްބޫ އަދި އިސްމާއިލް ނާސިރެވެ.

ހޮންކޮންގްގައި އޮންނަ އެންމެ ބޮޑު ކަލިނަރީ ޗެލަންޖް ކަމަށްވާ ހޮފެކްސް ގައި އެ ތިން ޝެފުން ބައިވެރިވުން ހޮސްޓް ކުރަނީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް މެކްސް އާ ގުޅިގެންނެވެ.

ކަލިނަރީ ޗެލެންޖްގެ ޕްރޮޖެކްޓް ޑިރެކްޓަރު އެލަން ޕާމަ ވިދާޅުވީ ކަލިނަރީ ޗެލެންޖު އިންތިޒާމު ކުރާ ފަރާތުގެ ހައިސިއްޔަތުން، ދިވެހި ތިން ޝެފުން ހޮފެކްސް ގައި ބައިވެރި ކުރަނީ ފަހުރުވެރިކަމާއި ވަރަށް އުފަލާ އެކުގައި ކަމަށެވެ.

"އަހަރުމެންގެ މަގުސަދަކީ ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ޝެފުން މިފަދަ ފަހުރުވެރި އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ހޯދައި ދީ، އެ މީހުންގެ ހުނަރު ކުރިއެރުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާހިރުންނާ އެއްކޮށް މަސައްކަތުގެ ތަޖުރިބާ ކޮށްލާނެ ފުރުސަތު ހޯދައި ދިނުން،" އެލަން ވިދާޅުވި އެވެ.

ބީބީއެމްގެ ސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވި ގޮތުގައި އެ ކުންފުނިން ހޮސްޕިޓަލިޓީ އިންޑަސްޓްރީ ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އަދި އިންޑަސްޓްރީ ކުރިއެރުވުމަށާއި ވަކިން ޚާއްސަކޮށް ފުޑް އެންޑް ބެވަރޭޖް ދާއިރާ ތަމްރީނު ކުރުމަށް ޕްރޮގްރާމްތަކެއް ހިންގާ ކަމަށާއި އިތުރަށް ތަމްރީނު ކުރުމަށް ގައުމުން ބޭރަށް ވަރަށް ގިނަ ޝެފުން ފޮނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެކްސްއިން އިންތިޒާމްކުރި ޕޭސްޓްރީ މާސްޓަ ކްލާސްގެ ބައިވެރިން: ހޮންކޮންގް ފެއާގައި ދިވެހި ތިން ޝެފަކު ބައިވެރިކުރަން ވަނީ ނިންމާފައި. ފޮޓޯ: މެކްސް

މެކްސްއިން އިންތިޒާމްކުރި ޕޭސްޓްރީ މާސްޓަ ކްލާސްގެ ބައިވެރިން: ހޮންކޮންގް ފެއާގައި ދިވެހި ތިން ޝެފަކު ބައިވެރިކުރަން ވަނީ ނިންމާފައި. ފޮޓޯ: މެކްސް

މިދިޔަ 30 އަހަރު ހޮފެކްސް ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކަލިނަރީގެ ތަފާތު، ގިނަ ރަހަތަކެއް ގެނެސްދީފަ އެވެ. ކާބޯތަކެތީގެ ތަފާތު ބާވަތްތަކާއި އިންޑަސްޓްރީގައި ބޭނުންކުރާ ސާމާނު އޭޝިއާ އަށް ސަޕްލައި ކުރުމުގައި ހޮފެކްސް އިސް ރޯލެއް އަދާކުރެ އެވެ.

ހޮފެކްސް އިންތިޒާމް ކުރަނީ ހޮންކޮންގް އެގްޒިބިޝަން ސާވިސަސް ލިމިޓެޑުންނެވެ.

މި އިވެންޓް އިންތިޒާމު ކުރުމުގައި އެހީތެރިވާ އަނެއް ދެ ފަރާތަކީ އޯލް ވޯލްޑް އެގްޒިބިޝަންސް އާއި ދަ ހޮންކޮންގް ޝެފްސް އެސޯސިއޭޝަން އަދި އިންޓަނޭޝަނަލް ކަލިނަރީ އިންސްޓިޓިއުޓް، އައިސީއައި އެވެ.

ކައްކާ މީހުންނާއި ޕޭސްޓްރީ ޝެފުންނާއި ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކުގެ ކުޅަދާނަކަމާއި ކަލިނަރީ ހުނަރުވެރިކަން ކުރިއެރުވުމަށް އެހީތެރިވުމުގެ މަގުސަދުގައި ބާއްވާ މި އިވެންޓަކީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީން އެންޑޯޒް ކޮށްފައިވާ އިވެންޓެކެވެ.

އިވެންޓް ބޭއްވުމުގައި އެހީތެރިވާ ދެ ފަރާތަކީ ހޮންގްކޮންގް ޗައިނީޒް ޝެފްސް އެސޯސިއޭޝަނާއި ހޮންކޮންގް ބޭކަރީ އެންޑް ކޮންފެކްޝަނަރީ އެސޯސިއޭޝަން ލިމިޓެެވެ.

މެކްސްއިން އިންތިޒާމްކުރި ޕޭސްޓްރީ މާސްޓަ ކްލާސްގެ ބައިވެރިން: ހޮންކޮންގް ފެއާގައި ދިވެހި ތިން ޝެފަކު ބައިވެރިކުރަން ވަނީ ނިންމާފައި. ފޮޓޯ: މެކްސް

މެކްސްއިން އިންތިޒާމްކުރި ޕޭސްޓްރީ މާސްޓަ ކްލާސްގެ ބައިވެރިން: ހޮންކޮންގް ފެއާގައި ދިވެހި ތިން ޝެފަކު ބައިވެރިކުރަން ވަނީ ނިންމާފައި. ފޮޓޯ: މެކްސް

ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2017 އަށް ތައްޔާރުވުމުގެ ގޮތުން މެކްސް އާއި ބީބީއެމް ގުޅިގެން ވަނީ މިދިޔަ ފެބްރުއަރީމަހު އެވޯޑް ވިނިން ޝެފް އެޑްވިން ލިއޯ އާއެކު ޕޭސްޓްރީގެ ސްޕެޝަލް މާސްޓަ ކްލާސް އިވެންޓެއް ބާއްވައިފަ އެވެ. ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ގެ 13 ވަނަ އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރ 17 އިން 20 އަށް ދަރުބާރުގޭގަ އެވެ.