Roadha Mihaaru
ކަލިނަރީ ޗެލެންޖު: ދިވެހި ކައްކާއިންނަށް ބޮޑު އީދެއް

ކަލިނަރީ ޗެލެންޖު: ދިވެހި ކައްކާއިންނަށް ބޮޑު އީދެއް

04 ސެޕްޓެމްބަރ 2016

ކެއްކުމަށް ޓެންޓުތެރޭގައި ބަހައްޓާފައި ހުރި 10 ސްޓޭޝަނުގައި ކައްކާއިން އެތުރިލައިގެން ތިއްބެވެ. އެ މީހުންގެ ކުރިމަތީގައި ހުރި ތަށިތައްޓާއި ޓްރޭތަކުގައި ހުރީ ކާއެއްޗެެހި ތައްޔާރުކުރަން އަޅާ އެކި ފާޑުގެ އެއްޗިއްސެވެ. އެކި ވައްތަރުގެ މަހާއި ތަރުކާރީގެ ބާވަތްތަކާއި ރަހަމީރު ކުރުމަށް ބޭނުންކުރާ ތަކެއްޗެވެ. މަސްތައް ކޮށާލައި ކައްކާލި އިރު ފެނިގެން ދިޔައީ އާދަޔާހިލާފު ހުނަރެވެ. އަތްމަތި ހަލުވިކަމާ އެކު ކައްކައި ނިންމާލި އިރު ތަށިތަކުން ފެންނަން ހުރި ކާތަކެތިން ކުޅުދިޔާވެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މިއީ މިއަދު ދަރުބާރުގޭގައި ފެށި ހޮޓެލް އޭޝިއާ އިންޓަނޭޝަލް ކަލިނަރީ ޗެލެންޖެވެ. ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އެންމެންނަށް އަހަރަކު އެއް ފަހަރު އަންނަ ކެއްކުމުގެ ބޮޑު އީދެވެ.

ހޮސްޕިޓަލިޓީ ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފެއާ، ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ހިމެނޭ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި ހަރަކާތްތައް އިންތިޒާމްކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސާސް (މެކްސް) ގެ ޖެނެރަލް މެނޭޖަރު ހުސްނީ ރައުފް ވިދާޅުވި ގޮތުގައި މިއަހަރުގެ މުބާރާތުގައި ރިކޯޑު އަދަދަކަށް ޝެފުން ބައިވެރިވެފައިވެ އެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން ބާއްވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު: މިއަދު ފެށި މި މުބާރާތް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިރު މުުބާރާތުގައި 566 ޝެފުން ބައިވެރިވޭ.-- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ހޮޓެލް އޭޝިއާ ފެއާއާ އެކު ކޮންމެ އަަރަކު ވެސް ކަލިނަރީ ޗެލެންޖު ބާއްވަ އެވެ. އަހަރުން އަހަރަށް އަންނަނީ ތަރުހީބު އިތުރުވަމުންނެވެ. މިއަހަރުގެ މުބާރާތުގައި، ރާއްޖޭގައި މަސައްކަތްކުރާ 566 ދޭސީ އަދި ބިދޭސީ ކައްކާއިން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުންނަކީ ދިވެހިންނެވެ.

"އަޅުގަނޑުމެން ޓާގެޓު ކޮށްގެން ހުރީ 550 އެއްހާ ޝެފުން ބައިވެރިވާނެ ކަމަށް. މިދިޔަ ހަފުތާގައި ވެސް މި މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައި ވަނީ 516 ޝެފުން. މިއީ މިހާ ގިނަ ބައިވެރިން ހިމަނައިގެން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ވަރުގަދަ މުބާރާތް،" ހުސްނީ ވިދާޅުވި އެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން ބާއްވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ ބައިވެރިއަކު ތައްޔާރުކޮށްފައިވާ ޑިޝްއެއް.-- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން ބާއްވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ ބައިވެރިއަކު ތައްޔާރުކޮށްފައިވާ ޑިޝްއެއް.-- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

މި މުބާރާތުގައި 20 ކެޓަގަރީ ހިމެނޭ އިރު ކޮންމެ ބައިވެރިއަކަށް ވެސް، ބޭނުންވާ ކޮންމެ ކެޓަގަރީއެއްގައި ވާދަ ކުރެވެ އެވެ. އެއް ކެޓަގަރީއަށް ވުރެ ގިނަ ވިޔަސް މައްސަލައެއް ނެތެވެ. މި ކެޓަގަރީގެ ތެރޭގައި ތަފާތު ވައްތަރުގެ ކޭކާއި ފޮނިކާތަކެއްޗާއި ކުޅި އެއްޗެއްސާއި ދިވެހި ޑިޝްތަކާއި އެންމެ މޮޅު ޒުވާން ޝެފްގެ އިތުރުުން ޓީމް ޗެލެންޖުތަކާއި އެކި ވައްތަރުތަކުގެ ބުއިންތައް ތައްޔާރު ކުރާ ކެޓަގަރީޓައް ހިމެނެ އެވެ.

ކޮންމެ ކެޓަގަރީއަކަށް ވެސް ޑިޝް ތައްޔާރުކުރުމަށް ވަކި ގަޑިއެއް ކަނޑައަޅާފައިވެ އެވެ. އަދި ގަޑި ހަމަވުމުން، އެ ކެޓަގަރީއަކަށް ކަނޑައަޅާފައިވާ ޖަޖުން އެ ޑިޝްތައް އިންސާފުކޮށް، މާކްސް ދެ އެވެ. ކޮންމެ ކެޓަގަރީއެއް ވެސް ޖަޖުކުރާނީ 16 ޖަޖުން ހިމެނޭ ޕެނަލްގައި ހިމެނޭ، އެ ކެޓަގަރީއަކަށް ހޮވާފައިވާ ހަތަރު ނުވަތަ ފަސް ޖަޖުންނެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން ބާއްވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން ބާއްވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

"ޖަޖު ކުރުމުގައި އަޅުގަނޑުމެން ބަލާނީ އެންމެ ތަފާތު އަދި މޮޅު ޑިޝްތަކަށް. ރާއްޖޭގައި ވަރަށް ހުނަރުވެރި ޝެފުން އެބަ ތިބި. އެކަމަކު މި ދާއިރާ އަކީ އިތުރު ފިލާވަޅުތައް ދަސްކޮށް، ކުރިއެރުމުގެ އާ ފުރުސަތުތަކެއް ހޯދޭނެ ދާއިރާއެއް. އެހެންވެ ހުރިހާ ބައިވެރިންނަށް ވެސް އަޅުގަނޑު ދޭ ނަސޭހަތަކީ، މޮޅުވުމަށް ވުރެ އާ ކަންތައްތަކެއް ދަސްކުރުުމުގެ ނިޔަތުގައި ވާދަ ކުރާށޭ،" ކަލިނަރީ ޗެލެންޖުގެ ޕްރޮޖެކްޓް ޑިރެކްޓަރު އަދި ޗީފް ޖަޖު އެލެން ޕާމާ ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ރާއްޖެ އަށް ޒިޔާރަތްކުރާ މިލިއަނެއްހާ ޓޫރިސްޓުންނަށް ބޭނުންވާ ތަފާތު ރަހަތައް ފޯރުކޮށްދިނުމުގައި އަވަދިނެތި އުޅޭ ޝެފުންނަށް އަންނަ މިއީ ބޮޑު އީދެކެވެ. މަސައްކަތުގެ މާހައުލުން ބޭރުވެލައި އެ މީހުންގެ އަސްލު ހުނަރު ދައްކާލުމުގެ ހިތްހަމަޖެހުން ލިބޭނެ އެވެ. މި ޗެލެންޖު އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށް ދާއިރު، މާދަމާ ފަށާ ހޮޓެލް އޭޝިއާ ފެއާ އަށް ޒިޔާރަތް ކުރާ އާއްމުންނަށް އެ ހުނަރުތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.