Roadha Mihaaru
ކެއްކުމުގެ ކުލާހެއް މަޝްހޫރު ޝެފް ކްލޮޓްޒްކް ނަގައިދެނީ

ކެއްކުމުގެ ހުނަރު ދައްކާ ކުލާހެއް މަޝްހޫރު ޝެފް ކްލޮޓްޒްކް ރާއްޖޭގައި ނަގައިދެނީ

30 އޯގަސްޓް 2016

ކެއްކުމުގެ ހުނަރު ދައްކައިދޭ މުބާރާތްތަކަށް މީހުން ތައްޔާރުކުރާ ކުލާހެއް، ދުނިޔޭގެ މަޝްހޫރު ޝެފް ގާޓް ކްލޮޓްޒްކް ބައިވެރިވެގެން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ކެއްކުމުގެ ހުނަރު ދައްކައިދޭ މުބާރާތްތަކަށް މީހުން ތައްޔާރުކުރާ ކުލާހެއް، ދުނިޔޭގެ މަޝްހޫރު ޝެފް ގާޓް ކްލޮޓްޒްކް ބައިވެރިވެގެން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަން ބާއްވާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އާއި އެގްޒިބިޝަންގެ މައި ސްޕޮންސަރު ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) ގުޅިގެން އިންތިޒާމް ކުރާ މި ކުލާސް އޮންނާނީ، މެކްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ހުޅުލެ އައިލެންޑް ހޮޓަލުގެ ބޯލްރޫމްގަ އެވެ.

މިދިޔަ އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ހުރި ބީބީއެމްގެ ސްޓޯލެއް: މި އަހަރުގެ ފެއާ އޮންނާނީ އަންނަ މަހު.-- ފޮޓޯ: ބީބީއެމް

މިދިޔަ އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ހުރި ބީބީއެމްގެ ސްޓޯލެއް: މި އަހަރުގެ ފެއާ އޮންނާނީ އަންނަ މަހު.-- ފޮޓޯ: ބީބީއެމް

މެކްސް އިން ބުނީ ކެއްކުމުގެ ހުނަރު ދައްކައިދޭ މުބާރާތްތަކަށް، ހާއްސަކޮށް ދެން ބާއްވާ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަ"ށް ތައްޔާރުވާނެ ގޮތްތައް ކްލޮޓްޒްކް ކިޔައި ދެއްވާނެ ކަމަށެވެ. އަދި ގެރި މަހާއި ބަކަރި މަހާއި އެއްގަމު މަސް ބޭނުންކޮށްގެން ކައްކާނެ ގޮތް، އެހެން ދެ ޝެފެއް ކަމަށްވާ ތޯރިގު އިބްރާހިމާއި ޖޯޑީ އޭން ޕިއާޓަން ކިޔައި ދޭނެ ކަމަށް ވެސް މެކްސް އިން ބުންޏެވެ.

"ކެއްކުމާ ބެހޭ ބޭނުންތެރި މައުލޫމާތު ފޯރުކޮށްދިނުމަށް މި ފަދަ ކުލާސްތައް ގިނަ ގިނައިން ބާއްވަން އަޅުގަނޑުމެން ގަސްދުކުރަން،" ކަލިނަރީ ޗެލެންޖުގެ ޕްރޮޖެކްޓް ޑިރެކްޓަރު އެލެން ޕާމާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ހުރި ބީބީއެމްގެ ސްޓޯލެއް: މި އަހަރުގެ ފެއާ އޮންނާނީ އަންނަ މަހު.-- ފޮޓޯ: ބީބީއެމް

މިދިޔަ އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ހުރި ބީބީއެމްގެ ސްޓޯލެއް: މި އަހަރުގެ ފެއާ އޮންނާނީ އަންނަ މަހު.-- ފޮޓޯ: ބީބީއެމް

ކްލޮޓްޒްކް ސޮއިކުރައްވާފައިވާ ސެޓްފިކެޓެއް ލިބޭ މި ކުލާހުގައި ރާއްޖޭގެ 45 ރިސޯޓަކުން 125 މީހުން ބައިވެރިވާނެ އެވެ.

ސްވިޑްން އަށް އުފަން ކްލޮޓްޒްކް އަކީ ކެއްކުމާ ގުޅޭ ކަންކަން ކިޔަވައި ދެއްވާ އެ ގައުމުގެ އެންމެ ފުންނާބު އުސް ބޭފުޅާ އެވެ. ދުނިޔޭގެ ކަލިނަރީ ކޮމިޓީގެ ޗެއާމަންކަން ވެސް ކުރައްވާ ކްލޮޓްޒްކް ވަނީ އެކި ހިސާބުތަކުގައި ބޭއްވި ކެއްކުމުގެ ހުނަރު ދައްކައިދޭ މުބާރާތްތައް ވެސް ކާމިޔާބުކުރައްވައިފަ އެވެ.

ކެއްކުމުގެ އެކި ހުނަރުތައް ދައްކައިލެވޭ ތަފާތު 20 ކެޓަގަރީ ހިމެނޭ ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އޮންނާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ބުދަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ. ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އެކި ކެޓަގަރީތަކުން އެންމެ މޮޅު ޝެފުން ހޮވައި ބައެއް ހާއްސަ އެވޯޑުތައް ވެސް ދޭނެ އެވެ.