Roadha Mihaaru
ޝުޖާއު އަށް ހަމަލާދޭން އުޅުނު މައްސަލައެއް ބަލަނީ

ފަނޑިޔާރު ޝުޖާއު އަށް ހަމަލާދޭން އުޅުނު މައްސަލައެއް ބަލަން ފަށައިފި

05 އެޕްރީލް 2017

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދޭން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދޭން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސ. މީދޫގައި ގާއިމްކޮށްފައިވާ ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރު ޝުޖާއު އަށް ބަޔަކު ހަމަލާދޭން އުޅުނު މައްސަލައެއް ބަލަމުން އަންނަ ކަން ފުލުހުން ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އެކަމަކު އެ މައްސަލާގައި ބަޔަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ. އެއީ ކޮން އިރަކު ހިނގި ހާދިސާއެއް ކަމެއް އަދި މައްސަލައިގެ އިތުރު ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ.

ކުރިން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރެއްވި ޝުޖާއު ދެކުނު ގޮތްޕަށް ބަދަލުކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ހައި ކޯޓު ފަނޑިޔާރު ކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީކަމާއި މެޖިސްޓްރޭޓް ކަން ވެސް ކުރައްވައިފަ އެވެ.