27 އޮކްޓޯބަރ 2019
ބ. ހިބަޅިދޫގެ މައްސަލަ ހައި ކޯޓުން ވަކި ގޮތަކަށް ނިންމުމަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން ބައެއް ފަނޑިޔާރުން އެދިވަޑައިގަތް ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް، އޭގެ ހަގީގަތް ހޯދަން ހައި ކޯޓުން ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.
ބ. ހިބަޅިދޫގެ މައްސަލަ ހައި ކޯޓުން ވަކި ގޮތަކަށް ނިންމުމަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން ބައެއް ފަނޑިޔާރުން އެދިވަޑައިގަތް ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް، އޭގެ ހަގީގަތް ހޯދަން ހައި ކޯޓުން ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.
ބ. ހިބަޅިދޫގެ އެއްބަސްވުން ބާތިލްކޮށް، އެތަން ސަރުކާރުން އަތުލި މައްސަލާގައި އެ ރަށް އޭރު ހަވާލު ކޮށްފައިވާ ބިޒްނާސް މޯލްޑިވްސް އިން ދައުވާކުރި މައްސަލާގައި ސިވިލް ކޯޓުން ވަނީ އެ ރަށް އަނބުރާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ. އެކަމަކު ފަހުން އެ ހުކުމް ހައި ކޯޓުން ބާތިލްކުރި އެވެ.
އެ މައްސަލަ ހައި ކޯޓުން ބިޒްނާސްއާ އެއްކޮޅަށް ނިންމުމަށްޓަކައި ފަނޑިޔާރުން ރިޝްވަތުގެ ފައިސާ ހޯދަން އުޅުނު ކަމުގެ ތުހުމަތުތަކެއް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދިފަހުން ވަނީ ފެންމަތި ކުރައްވައިފަ އެވެ. އެގޮތުން ފަނޑިޔާރުން ފައިސާ ބޭނުންވާ ކަމުގެ ފޯން ކޯލްތަކެއްގެ އިތުރުން ރާއްޖެއިން ބޭރުގައި ފަނޑިޔާރުންނާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖެހިދާނެ ކަމަށް ބުނެ ބިޒްނާސް ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަ މުހައްމަދު ރިޔާޒާ ބައްދަލު ކުރި ކަމަށާއި އެކަމަކު އެކަމަށް ރިޔާޒް އިންކާރު ކުރެއްވީ ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެ އެވެ. އަދި ކުރީގެ މިނިސްޓަރެއްގެ ޚަރަދުގައި ފަނޑިޔާރުންތަކެއް ރާއްޖެއިން ބޭރަށް ގެންދިޔަ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން ހައި ކޯޓުން ނެރުނު ބަޔާނެއްގައިވަނީ އެ ތުހުމަތުތައް ބެލުމަށް ފުލުހުންނަށް ހުށަހެޅީ އެއީ ސީރިއަސް ކަންތައްތަކެއް ކަމަށްވާތީ ކަމަށާއި ފަނޑިޔާރުން ފޮނުވައިގެން ކަމަށް ބުނެ ރިޝްވަތު ހޯދަން ދިޔައީ ކޮން ބައެއްތޯ އާއި ގުޅީ ކޮން ބައެއްތޯ ބެލުމަށާއި އަދި ކުރީގެ މިނިސްޓަރެއްގެ ޚަރަދުގައި ދަތުރު ކުރެއްވީ ކޮން ފަނޑިޔާރުންތަކެއްތޯ ބަލަން އެ މައްސަލާގައި ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުން ތިއްބެވީ ތައްޔާރަށެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެފަދަ މައްސަލަތަކަކީ ޝަރުއީ ދާއިރާގެ އިތުބާރާ ގުޅުންހުރި ކަމަކަށް ވާތީ އެފަދަ ކަންކަން ބަލަން ޖެހޭނެ އެވެ. އެހެންވެ، އެކަމުގައި ފުރިހަމަ ތަހުގީގެއްކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ހިބަޅިދޫ 50 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލްކުރީ އެރަށުގެ އިކިއުޒިޝަންސް ކޮސްޓްގެ ގޮތުގައި ދައްކަންޖެހޭ ތިން މިލިއަން ޑޮލަރު ދައުލަތަށް ނުލިބޭ ކަމަށް ބުނެ އެވެ. އެކަމަކު ބިޒްނާސް ކުންފުނިން އެކަމަށް އިންކާރު ކުރެ އެވެ.
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
އިސް ފަނޑިޔާރަށް އިންޒާރުދިން މައްސަލަ ކުށްވެރިކޮށްފި
ހައިކޯޓް ފަނޑިޔާރެއްގެ ކާރަށް ބަޔަކު ގެއްލުން ދީފި
ހުރިހާ ތުހުމަތަކަށް މައުމޫން އިންކާރު ކުރައްވާ: ވަކީލް
ހަނީފް ބަންދުގައި ބެހެއްޓީ ރަނގަޅަށް: ހައި ކޯޓު
ޝުޖާއު އަށް ހަމަލާދޭން އުޅުނު މައްސަލައެއް ބަލަނީ
ކާފަދަރިއާ ބެހުނުކަމުގެ ދައުވާލިބޭމީހަކު ދޫކޮށްލުން ގޯސް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
މަންޑޭގެ މުދާ ހިފަހައްޓަން ނެރުނު އަމުރު ބާތިލެއްނުކުރި
މަންޑޭގެ މުދާތައް ހިފެހެއްޓި މައްސަލަ ހައިކޯޓުން ބަލަނީ