ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލަ ފަނޑިޔާރުންގެ ޖަމްއިއްޔާއިން މިއަދު ކުށްވެރިކޮށްފި އެވެ.
21 ޑިސެމްބަރ 2019
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލަ ފަނޑިޔާރުންގެ ޖަމްއިއްޔާއިން މިއަދު ކުށްވެރިކޮށްފި އެވެ.
އިސް ފަނޑިޔާރު ޝުޖާއުއަށް މީހަކު މަރުގެ އިންޒާރު ދިނީ އިއްޔެ އޭނާ ކ. މާފުށީގައި ހުންނަވަނިކޮށެވެ. އޭނާއަށް އިންޒާރު ދިން މީހާ ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފަނޑިޔާރުންގެ ޖަމްއިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިސް ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދީ، ބިރު ދެއްކި މައްސަލަ އެ ޖަމްއިއްޔާއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ. އަދި ފަނޑިޔާރުންނަށް ރައްކާތެރިކަން ދިނުމަކީ ސަލާމަތީ ބާރުތަކުގެ މައްޗަށް ގާނޫނުތަކުން ލާޒިމް ކުރާ ކަމަށްވާތީ އިސް ފަނޑިޔާރު ޝުޖާއު އާއި އެހެން ފަނޑިޔާރުން ވެސް ރައްކާތެރިކަން ފޯރުކޮށްދޭން ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އިސް ފަނޑިޔާރު ޝުޖާއު އަށް މީހަކު މަރުގެ އިންޒާރު ދިންއިރު، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިންގެ ގެއަށް ކޯރާޑިއަކުން ބަޔަކު ގެއްލުން ދިން މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. އެ މައްސަލަ ވެސް އޭރު ފުލުހުން ބެލި އެވެ.
އިސް ފަނޑިޔާރު ޝުޖާއުއަށް މަރުގެ އިންޒާރު ދީފި
ރިިޝްވަތަށް އެދުނުކަމުގެ ތުހުމަތު ބަލަން ކޯޓުން ފުލުހަށް
ހައިކޯޓް ފަނޑިޔާރެއްގެ ކާރަށް ބަޔަކު ގެއްލުން ދީފި
ހަނީފް ބަންދުގައި ބެހެއްޓީ ރަނގަޅަށް: ހައި ކޯޓު
ޝުޖާއު އަށް ހަމަލާދޭން އުޅުނު މައްސަލައެއް ބަލަނީ
ފައިސަލަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ އަލުން ހައްޔަރު
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ރައުދު ބަންދުން ދޫކޮށްލައިފި
ޝަމްއާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް