ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ހަނީފް ބަންދުން ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކާ ވެދާނެ ކަމަށާއި އޭނާ ބަންދުގައި ބެހެއްޓީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
20 އެޕްރީލް 2017
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ހަނީފް ބަންދުން ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކާ ވެދާނެ ކަމަށާއި އޭނާ ބަންދުގައި ބެހެއްޓީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަނީފް ހައްޔަރުކުރީ، ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ހަނީފްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްފައިވާއިރު، ހަައި ކޯޓުން މިއަދު ތާއީދުކުރީ ހަނީފް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ފުރަތަމަ ނެރުނު އަމުރަށެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ހަނީފްގެ މައްޗަށް ތުހުމަތު ކުރަނީ އެ ކޯޓުގެ ފަނޑިޔާރަކަށް ނުރައްކާތެރި ހަމަލާއެއް ދިނުމަށް ރޭވުމުގެ ތުހުމަތު ކަމަށް ވާއިރު، އެއީ ކުށުގެ ޒާތުން ނުރައްކާތެރިކަން ބޮޑު ކުށެއް ކަމަށެވެ. އަދި ހަނީފާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކަށް ބަލާއިރު، އޭނާއާ މެދު ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި އެބަހުރި ކަަމަށް ވެސް ހުކުމްގައި ވެ އެވެ. ހަނީފްގެ ކުށުގެ ބާވަތަށް ބަލާއިރު އޭނާ ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.
އެހެންވެ، ހަނީފް ބަންދުކުރަން ފުރަތަމަ ނެރުނު އަމުރު ރަނގަޅު ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ވެ އެވެ. ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހަނީފް ހައްޔަރު ކުރުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީގައި އޭނާ އަދާ ކުރަމުން ގެންދިޔަ މަގާމުން ވަނީ ވަކިކޮށްފަ އެވެ.
އިސް ފަނޑިޔާރަށް އިންޒާރުދިން މައްސަލަ ކުށްވެރިކޮށްފި
ރިިޝްވަތަށް އެދުނުކަމުގެ ތުހުމަތު ބަލަން ކޯޓުން ފުލުހަށް
ހައިކޯޓް ފަނޑިޔާރެއްގެ ކާރަށް ބަޔަކު ގެއްލުން ދީފި
ޝުޖާއު އަށް ހަމަލާދޭން އުޅުނު މައްސަލައެއް ބަލަނީ
ފައިސަލަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ އަލުން ހައްޔަރު
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ރައުދު ބަންދުން ދޫކޮށްލައިފި
ޝަމްއާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި