ލ. ފޮނަދޫގައި ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނުނު ބަންގްލަދޭޝް މީހާގެ އަތުން 90،000 ރުފިޔާ ފެނުނު ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
10 އެޕްރީލް 2017
ލ. ފޮނަދޫގައި ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނުނު ބަންގްލަދޭޝް މީހާގެ އަތުން 90،000 ރުފިޔާ ފެނުނު ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ފޮނަދޫގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާތާ ހަތަރު ވަރަކަށް އަހަރު ވެފައިވާ 27 އަހަރުގެ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ރަށު ބަރާސީލު އަވަށު މޫދުންނެވެ.
އެ މަރުގެ މައްސަލައިގައި މިހާތަނަށް ހަތަރު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފޮނަދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މަރުވި ބިދޭސީ މީހާއަކީ އެ ރަށުގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ ފައިސާ އެ މީހުންގެ އާއިލާތަކަށް ފޮނުވައިދިނުމުގެ މަސައްކަތް ވެސް ކުރަމުން އައި މީހެއް ކަމަށެވެ.
ބިދޭސީ މީހާ އުޅޭތަނުން ފެނުނު ލައްކައެއްހާ ރުފިޔާއަކީ އެގޮތަށް އަނބުރާ ގައުމަށް ފޮނުވަން ބަހައްޓާފައި ހުރި ފައިސާ ކަމަށް ބެލެވެ އެވެ.
"އެއީ މި ރަށުގައި އުޅޭ ގިނަ ބިދޭސީން ވަރަށް އިތުބާރު ކުރާ މީހެއް ކަމަށް ވަނީ. މިހާތަނަށް އެ މަސައްކަތް ކުރަމުން އައީ އޭނާ އެކަނި،" އޮފިޝަލް ވިދާޅުވި އެވެ.
ކައުންސިލުން ތުހުމަތުކުރާ ގޮތުގައި އޭނާގެ އަތުގައި ހުރި ފައިސާއާ އޭނާގެ މަރާ ގުޅުމެއް ހުރެދާނެ އެވެ. އެއީ ފައިސާ އަށް ހިޔާނާތްތެރިވެގެން ހިންގި ކަމަކަށް ވުރެ، ފައިސާ ވަގަށް ނެގުމުގެ މަގުސަދު އޮތް ކަމެއް ކަމަށް ވެދާނެ ކަމަށް ވެސް ކައުންސިލުން ތުހުމަތުކުރެ އެވެ.
"ފުލުހުން މައްސަލަ ބަލަމުން ދާތީ ވަކި އެއްޗެކޭ ބުނާކަށް ނޭނގޭ. މަރާލީއެކޭ ވެސް ބުނާކަށް ނުވާނެ. އެކަމަކު ދެކެވޭ ވާހަކަތަކަށް ބަލާއިރު އޭނާ އަތުގައި ހުރި ފައިސާއާ އެ މަރާ ގުޅުމެއް އެބަހުރި،" އޮފިޝަލް ވިދާޅުވި އެވެ.
ބިދޭސީ މީހާގެ މަރާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮށް އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
ފޮނަދޫގައި ބިދޭސީއަކު މަރާލުން: އެންމެން ސަލާމަތްވެއްޖެ
ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލުމުން ހައިކޯޓަށް
މަހްމޫދު މަރާލީ ސާލިމް އެކަނި ކަމަށް ގަބޫލެއް ނުކުރޭ
މަހުމޫދުގެ ކަށުނަމާދަށް ސާލިމް ދިޔަ!
މަހުމޫދުގެ މަރު: ސާލިމް މަހިބަދު އަށް ފުރުވާލައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ސާލިމް ގެއަށް!
ސާލިމް ހައްޔަރުކުރުމަކީ ލިބުނު ހައިރާންކަމެއް!
މަހުމޫދު މަރާލި މައްސަލައިގައި ބިދޭސީމީހާ ހައްޔަރުކޮށްފި
ދޯނީގައި ބިދޭސީމީހާ މަރާލި މައްސަލައިގައި ދައުވާކޮށްފި
ބިދޭސީއެއްގެ މަރު: ދައުވާލިބޭ މީހާ ހައިކޯޓުން ބަންދަށް