ލ. ފޮނަދޫގައި ބިދޭސީއެއްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބުނު 8 ބިދޭސީންގެ މައްޗަށް ކުށް ސާބިތުނުވެ، އެ އެންމެން މިއަދު ސަލާމަތްވެއްޖެ އެވެ.
24 ޖެނުއަރީ 2023
ލ. ފޮނަދޫގައި ބިދޭސީއެއްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބުނު 8 ބިދޭސީންގެ މައްޗަށް ކުށް ސާބިތުނުވެ، އެ އެންމެން މިއަދު ސަލާމަތްވެއްޖެ އެވެ.
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ މުހައްމަދު ހަސަން އުއްލާ އަށް މާޗް 2017 ގައި ފޮނަދޫ އަތިރިމައްޗަށް ގެންގޮސް އޭނާގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ބަންގްލަދޭޝްގެ 8 މީހެއްގެ މައްޗަށެވެ. އެ މީހާ މަރާލާފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ފަހުންނެވެ.
އެ މައްސަލާގައި އެކަކުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރިއިރު ބާކީ ތިބި ހަތް މީހުންގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ ދެ މީހަކު ފުލުހުންގެ ތަހުގީގާއި ބަންދު މުއްދަތު މަޖިލީހުގައި ކުށަށް އެއްބަސްވެފައި ވިޔަސް، ދެ މީހުން ކިޔައިދޭ ކިޔައި ދިނުން ތަފާތު ކަމަށެވެ. އަދި ތަހުގީގުގައި ފުލުހުން ތަކުރާރުކޮށް އަނިޔާކުރި ކަމަށް އެކި މަރުހަލާތަކުގައި އެ މީހުން ބުނެފައިވާއިރު އެކަންކަން އެކަށީގެންވާ ގޮތެއްގައި ބެލިފައިވާކަން އެނގެން ނެތް ކަމަށާއި އެހެންވެ، ތަހުގީގު މަރުހަލާގައި ދައުވާ ލިބޭ މީހުން ދިން ބަޔާންތަކާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން، ދައުވާ ލިބޭ މީހުން އެ މީހާ އަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ތަހުގީގުގައި ބުނީ އެންމެ ހެކިވެރިއެކެވެ. އެކަމަކު އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ އޭނާ ކޯޓަށް ހާޒިރު ނުކުރެވޭ ކަމަށާއި އޭނާއަކީ އަބަދުވެސް ދޮގު ހަދާ މީހެއް ކަން އެ ރަށުގެ މީހުންގެ ހެކިބަހުން އެނގޭތީ އޭނާގެ ބަޔާނަށް ބުރަދަން ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އޭނާގެ ބަޔާނަށް ބާރު ދޭ އެހެން ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މައްސަލާގެ ތަހުގީގުގައި ވެސް މުހިންމު ބައެއް ކަންކަން ފުރިހަމަ ނުކޮށް ދޫކޮށްލާފައި ހުރި ކަމަށެވެ. ދައުވާ ލިބޭ މީހުންގެ ކޯލް ލޮގްތައް ނުހޯދުމާއި ދައުވާ ލިބޭ މީހުންގެ އަންނައުނު ނުވަތަ ގެންގުޅުނު އެއްޗަކުން ފޮރެންސިކް ހެއްކެއް ހޯދަން އުޅުނުކަން ވެސް އެނގެން ނެތް ކަމަށް ހުކުމުގައި ބުންޏެވެ.
އެހެންވެ، ދައުވާ ލިބުނު 8 މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.
ފޮނަދޫ މަރު: ކުށް ސާބިތުނުވުން ހައި ކޯޓަށް
ފިހާރައެއްގައި މީހަކަށް ޖިންސީ ގޯނާކުރިކަން ސާބިތެއްނުވި
ޑްރަގް އެތެރެކުރުމުގެ ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ
ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލުމުން ހައިކޯޓަށް
ދޯނީގައި ބިދޭސީމީހާ މަރާލި މައްސަލައިގައި ދައުވާކޮށްފި
މަރުވި ބިދޭސީ މީހާ އަތުގައި ލައްކައެއްހާ ރުފިޔާ ހުރި
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ބިރުދައްކައި ފޭރުނު 2 މީހުންގެ ބަންދު އިތުރުކޮށްފި