Roadha Mihaaru
ބާރުގަދަ ބޮމުގެ ދިފާއުގައި އެމެރިކާއިން ވާހަކަ ދައްކައިފި

ބާރުގަދަ ބޮމުގެ ދިފާއުގައި އެމެެރިކާ އިން ވާހަކަ ދައްކައިފި

15 އެޕްރީލް 2017

ވޮޝިންޓަން (އެޕްރީލް 15) - އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށް ޖީބީޔޫ-43/ބީ މެސިވް އޯޑެންސް އެއާ ބްލާސްޓް ބޮން ނުވަތަ "ބޮންތަކުގެ މަންމަ ބޮން" އަޅަން ޖެހުނު ސަބަބާ ބެހޭ ގޮތުން އެމެރިކާ އިން ވާހަކަ ދައްކަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 15) - އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށް ޖީބީޔޫ-43/ބީ މެސިވް އޯޑެންސް އެއާ ބްލާސްޓް ބޮން ނުވަތަ "ބޮންތަކުގެ މަންމަ ބޮން" އަޅަން ޖެހުނު ސަބަބާ ބެހޭ ގޮތުން އެމެރިކާ އިން ވާހަކަ ދައްކަވައިފި އެވެ.

އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ ކޮމާންޑަރު، ޖެނެރަލް ޖޯން ނިކޯލްސަން ވިދާޅުވީ ނިއުކްލިއާ ބޮން ފިޔަވައި އެމެރިކާ އިން އުފެއްދި އެންމެ ބާރުގަދަ ބޮން އައިއެސްއާ ދެކޮޅަށް ބޭނުން ކުރަން ޖެހުނީ ޓެކްޓިކަލް ސަބަބަކަށްޓަކައި ކަމަށެވެ.

ބޮމުގެ ހަމަލާގައި އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގައި އައިއެސްގެ ހަނގުރާމަވެރިން ބޭނުންކުރާ 300 މީޓަރު ދިގު ޓަނަލް ހަލާކުކޮށްލެވުނު ކަމަށް ނިކޯލްސަން ވިދާޅުވި އެވެ. އަފްޣާނިސްތާނުން ބުނީ އެ ހަމަލާ ދިނީ އެ ގައުމާ ކޯޑިނޭޓްކޮށްގެން ކަމަށެވެ. ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 90 އަށް އަރައިފަ އެވެ. ބޮމުގެ ހަމަލާގައި އާއްމުންގެ އެއްވެސް މީހަކު މަރު ނުވާ ކަމަށް އެމެރިކާ އިން ބުނެ އެވެ.

އެމެރިކާގެ އިން އެޅި 9،800 ކިލޯގެ ބާރުގަދަ ބޮން އަޅަން ބޭނުންކޮށްފައި ވަނީ އެމްސީ-130 ގެ ޓްރާންސްޕޯޓް މަތިންދާ ބޯޓެކެވެ.

އަފްޣާނިސްތާނުގެ ރިޔާސީ ތަރުޖަމާން ޝާހު ހުސައިން ވިދާޅުވީ ބޮމުގެ ހަމަލާގައި އައިއެސްގެ ކޮމާންޑަރު ސިއްދީގު ޔާރު ވެސް މަރުވެފައިވާ ކަމަށެވެ.

އައިއެސްއާ ދެކޮޅަށް އެޅި ބޮން ފުރަތަމަ ޓެސްޓް ކުރީ 2003 ވަނަ އަހަރު އެވެ. ނަމަވެސް މީގެ ކުރިން ހަނގުރާމައެއްގައި މި ބޮން ބޭނުންކޮށްފައެއް ނުވެ އެވެ.

އައިއެސް އިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާކަން އިއުލާންކުރީ ޖެނުއަރީ، 2015 ގަ އެވެ. އަދި އެ ގައުމުގައި އައިއެސްގެ 1،000-5،000 އާ ދެމެދުގެ ހަނގުރާމަވެރިން އުޅޭ ކަމަށްވެ އެވެ.