Roadha Mihaaru
އުރީދޫން ހުޅުމާލޭގައި ހިލޭ ވައިފައި، ސީސީޓީވީ ކެމެރާ

އުރީދޫން ހުޅުމާލޭގައި ހިލޭ ވައިފައި ދެނީ، ސީސީޓީވީ ކެމެރާ ވެސް ހަރު ކުރާނެ

16 ޖޫން 2016

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހިލޭ އިންޓަނެޓް ލިބޭ ގޮތް ހެދުމަށާއި ސީސީޓީވީ ކެމަރާ ހަރު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުރީދޫން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހިލޭ އިންޓަނެޓް ލިބޭ ގޮތް ހެދުމަށާއި ސީސީޓީވީ ކެމަރާ ހަރު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުރީދޫން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ކުރިއަށް އޮތް ތިރީހަކަށް ދުވަހުގެ ތެރޭގައި ސެންޓްރަލް ޕާކްގެ ލެޝާ ޒޯންގައި ހިލޭ ވައިފައިގެ ހިދުމަތް ފޯރުކޮށްދެވޭ ވަރު ވާނެ ކަމަށެވެ.

އެކިއެކި އުމުރުފުރައިގެ މީހުން ލެޝާ ޒޯނަށް ދާއިރު ހިލޭ ވައިފައި ލިބުމަކީ ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމެއް. --ސައިމަން

ހުޅުމާލެއަކީ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައި އޮންނަ ރީތި ރަށަކަށް ހެދުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ވައިފައިގެ ހިދުމަތް ހިލޭ ދިނުމުގެ އެއްބަސްވުމުގައި އުރީދޫއާ އެކު ސޮއިކުރެއްވުމަށް ފަހު އެޗްޑީސީގެ އެމްޑީ ސައިމަން ވާހަކަަދައްކަވަނީ.-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ވައިފައިގެ ހިދުމަތް ހިލޭ ދިނުމުގެ އެއްބަސްވުމުގައި އުރީދޫއާ އެކު ސޮއިކުރެއްވުމަށް ފަހު އެޗްޑީސީގެ އެމްޑީ ސައިމަން ވާހަކަަދައްކަވަނީ.-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހިލޭ އިންޓަނެޓާއި ކެމެރާ ހަރު ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ސައިމަން އެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. މި ރަސްމިއްޔާތުގައި ދެ ކުންފުނީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވިކްރަމް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް އިންޓަނެޓް ލިބޭ ގޮތްވުމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެތައް ފައިދާތަކެއް ކުރުވާނެ ކަމެކެވެ.

"ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތަށް ސްމާޓް ސިޓީއަކަށް މި ތަން ބަދަލުވުމަށް މަގުފަހި ވާނެ މިކަމުގެ ސަބަބުން." -- ވިކްރަމް

އިންޓަނެޓްގެ ހިދުމަތް ދޭނެ ތަންތަން ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށާއި އެ ތަންތަނުން ވަކި ވަގުތެއް ވަންދެން ވައިފައި ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި އެއްބަސްވުމާ އެކު އުރީދޫ ހޭންގްއައުޓް އަދި ސުޕަނެޓް ހުޅުމާލެ އަށް ތައާރަފް ވެގެން ދާނެ ކަމަށް ވެސް ވިކްރަމް ވިދާޅުވި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ރައީސް ޔާމީން ބައްލަވާލައްވަނީ. އެ ތަނުގައި ހިލޭ އިންޓަނެޓުގެ ހިދުމަތް ދިނުމަށް އުރީދޫން ވަނީ އެއްބަސްވެފައި.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ސެންޓްރަލް ޕާކު ރައީސް ޔާމީން ބައްލަވާލައްވަނީ. އެ ތަނުގައި ހިލޭ އިންޓަނެޓުގެ ހިދުމަތް ދިނުމަށް އުރީދޫން ވަނީ އެއްބަސްވެފައި.-- ފޮޓޯ: ރައީސް އޮފީސް

ސައިމަން ވިދާޅުވީ އުރީދޫއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހިލޭ ކެމަރާ ހަރު ކުރެވޭނެ ކަމަށެވެ. އަދި ފުލުހުންނަށް ހުޅުމާލޭގައި ސެކިއުރިޓީ ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫން ބުނި ގޮތުގައި ހުޅުމާލޭގައި ކެމަރާ ހަރުކުރުމުގެ މަސައްކަތް ކުރާނީ އެ ކުންފުނީގެ ފައިބަ ނެޓްވޯކްގެ ތެރެއިންނެވެ. އެ ގޮތުން، ސުޕާނެޓްގެ ހިދުމަތް ދިނުމުގެ މަސައްކަތް އުރީދޫން މިހާރު ވަނީ ފަށާފަ އެވެ. ފައިބާ ނެޓްވޯކްގެ އެހީގައި މުޅި ހުޅުމާލޭގައި ކެމަރާ ހަރު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.