Roadha Mihaaru
"ބީއެމްއެލް ކިޑްސް ރަން" އަންނަ މަހު 12 ގައި

"ބީއެމްއެލް ކިޑްސް ރަން" އަންނަ މަހު 12 ގައި

18 އެޕްރީލް 2017

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން 2017" އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން 2017" އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ބާއްވާ މި ދުވުމުގައި، މާދަމާ މެންދުރު 12:00 އިން ފެށިގެން ޓީއެފްޓީގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީ ވެވޭނެ ކަމަށެވެ.

ތިން އުމުރު ފުރައަކަށް ބަހާލައިގެން ބާއްވާ މި ދުވުމުގައި، ތިން އަހަރުން ފެށިގެން ނުވަ އަހަރާ ދެމެދުގެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ބައިިވެރިވެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މިއަހަރުގެ ދުވުމުގައި 600 ކުދިންނަށް ޖާގަ ދޭނެ އެވެ.

ބީއެމްއެލްގެ ހެޑް އޮފީސް ދޮރުމަތިން ހެނދުނު 7:20 ގައި ދުވުން ފަށާއިރު ނިންމާލަން ހަމަޖައްސާފައިވަނީ ރަސްފަންނަށެވެ. އަދި ކިޑްސް ރަން ނިންމުމުގެ ގޮތުން ހާއްސަ ހަފްލާއެއް އެ ސަރަހައްދުގައި ބާއްވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މިއީ ބީއެމްއެލާއި ޓީއެފްޖީ ގުޅިގެން ކިޑްސް ރަން ބާއްވާ ދެ ވަނަ އަހަރެވެ.