ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑެއް، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް އިންޑެޕެންޑެންޓަށާއި އެ ނޫހުގެ ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދަށް ލިބިއްޖެ އެވެ.
20 އެޕްރީލް 2017
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ އެވޯޑެއް، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް އިންޑެޕެންޑެންޓަށާއި އެ ނޫހުގެ ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދަށް ލިބިއްޖެ އެވެ.
އިނގިރޭސި ވިލާތުގެ އިންޑެކްސް އޮން ސެންސަޝިޕް ޖަމިއްޔާ އިން ދޭ ފްރީޑަމް އޮފް އެކްސްޕްރެޝަން އެވޯޑު، ކުރިން މިނިވަން ނޫހުގެ ނަމުގައި ހިންގި މޯލްޑިވްސް އިންޑިޕެންޑެންޓަށް ލިބުނީ އިތުރު ހަތަރު ފަރާތަކާ ވާދަކޮށްގެންނެވެ.
ރޭ ލަންޑަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެވޯޑާ ހަވާލުވެވަޑައިގަތީ އެ ނޫހުގެ ކުރީގެ އެޑިޓަރު ޒަހީނާ ރަޝީދާއި އެކްޓިން އެޑިޓަރު އަހުމަދު ނާއިޝް އެވެ.
ނޫސްވެރިކަމުގެ ބައިނަލްއަގްވާމީ އެހެން އެވޯޑެއް ވެސް މީގެ ކުރިން ޒަހީނާއަށް ލިބިވަޑައިގެންފައިވާ އިރު ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ދޭ އެވޯޑަކަށް ވެސް އޭނާގެ ނަން ވަނީ ނޮމިނޭޓް ވެފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުގައި، ދަތި އުނދަގޫ ހާލަތްތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ މި އެވޯޑަށް ނޮމިނޭޓްވާ ފަރާތްތައް ކަނޑައަޅަނީ އެ ޖަމިއްޔާގެ ޖަޖުންގެ ޕެނަލަކުންނެވެ. މި ޕެނަލްގައި ދުނިޔޭގެ މަޝްހޫރު ނޫސްވެރިޔާ ޓީނާ ބްރައުން އާއި ޓެކްނޮލޮޖީގެ ދާއިރާ އިން އާ ކަންކަން ތައާރަފު ކުރުމުގައި ފާހަގަކޮށްލެވޭ އަނަބް ޖައިން އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އިނގިރޭސި ވަކީލު ކީލަން ގަލަގާ އާއި މިއުޒިކް މެނޭޖަރު ސްޓީވަން ބަޑް އަދި އިނގިރޭސި ފިލްމީ ތަރި ނޯމާ ޑުމެޒިނީ ހިމެނެ އެވެ.
މިވަގުތު ސްރީ ލަންކާގައި ދިރިއުޅުއްވާ ޒަހީނާ އާއި މޯލްޑިވްސް އިންޑެޕެންޑެންޓްގެ އިތުރުން މި އެވޯޑަށް ނޮމިނޭޓް ވީ ސާބިއާގެ ތަހުގީގީ ވެބްސައިޓެއް ކަމަށްވާ ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ނެޓްވޯކާއި ރަޝިއާގެ ޑަޕްޓާ ވެބްސައިޓާއި އޮސްޓްރޭލިއާގައި ރެފިއުޖީއަކަށް ވެފައިވާ ނޫސްވެރިޔާ، ބެހްރޫޒް ބޫޗަނީ އެވެ.
އިންޑެކްސް އޮން ސެންސަޝިޕް އިން ބުނި ގޮތުގައި އަބުރު ރައްކާތެރިކުރަން ކަމަށް ބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ރާއްޖޭގައި މިދިޔަ އަހަރު ގާނޫނެއް ހަދާފައި ވަނިކޮށް ވެސް މޯލްޑިވްސް އިންޑިޕެންޑެންޓުން ވަނީ ނޫސްވެރިކަމުގެ މަސައްކަތުގައި ސާބިތުކަމާ އެކު މަސައްކަތްކޮށްފަ އެވެ. އަދި އަލް ޖަޒީރާ އިން މިދިޔަ ސެޕްޓެމްބަރު މަހު ދެއްކި ތަހުގީގީ ޑޮކިއުމެންޓްރީ އަށް ފަހު އެ ނޫހުގެ އޮފީހަށް ފުލުހުން ވަދެ، ފާސްކުރުމާއި އެ ނޫން ވެސް އެ ނޫހުގެ އޮފީހާއި ނޫސްވެރިންނަށް އިންޒާރާއި ބިރުވެރިކަން ކުރިމަތިވިކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.
މި އެވޯޑް ލިބޭ ފަރާތްތަކުން ހިޔާލުފާޅުކުރުމުގެ ދާއިރާގައި ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރަން އެ ޖަމިއްޔާ އިން އެހީތެރިވެދޭނެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ އެވޯޑަށް ޒަހީނާ
މީޑިއާގެ މިނިވަންކަމުގައި ރާއްޖެ 15 ދަރަޖަ ފަހަތަށް!
މިއީ ނޫސްވެރިކަމުގައި އިންގިލާބީ އަހަރެއް: ޝަހުބާން
ނޫސްވެރިން އިހުމާލުވެއްޖެ ނަމަ ފިތުނަ އުފެދޭނެ: ރައީސް
ޕްރެސް ފްރީޑަމްގައި ރާއްޖެ 22 ދަރަޖަ ކުރިއަށް
ރިލްވާންގެ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރާނަން:އިބޫ
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހައްތަހާ ފަހަތަށް
ނޫސްވެރިކަމުގެ މިނިވަންކަމުގަ ރާއްޖެ ފަސް ދަރަޖަ ދަށަށް
ނޫސްވެރިންނަށް ބިރު ދެއްކުމުން ކަންބޮޑުވުން ފާޅުކޮށްފި
ފ. އަތޮޅަށް ދިޔަ ދެ ނޫސްވެރިއަކަށް ބިރުދައްކައިފި