23 އެޕްރީލް 2017
ހަށިގަނޑުގެ 14 ތަނަކަށް ހަމަލާދީ މަރާލާފައި އޮއްވާ ރޭ ފެނުނު، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުން ނުވާތީ، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހަށިގަނޑުގެ 14 ތަނަކަށް ހަމަލާދީ މަރާލާފައި އޮއްވާ ރޭ ފެނުނު، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން އާއިލާ އިން ބޭނުން ނުވާތީ، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ޔާމީންގެ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަން އާއިލާ އިން ރަސްމީކޮށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. ޔާމީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ، ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ނެގުމަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޔާމީންގެ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.
ޔާމީން މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ، ސިޑި ކައިރިންނެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި މަސައްކަތް ކުރާ ޔާމީން ރޭ ގެއަށް ދިޔައީ، ވަރަށް ދަންވަންދެން އޮފީހުގެ މަސައްކަތުގައި އުޅުމަށް ފަހު ކަމަށް އޭނާގެ ގާތް މީހުން ބުނެ އެވެ.
ސޯޝަލް މީޑިއާ އާއި އޭނާގެ ބްލޮގުގައި އެކި މައްސަލަތަކަށް ފާޑުކިޔައި ލިޔާ ލިޔުންތަކާ ހެދި ތަކުރާރުކޮށް އޭނާ އަށް މަރުގެ އިންޒާރު ވަނީ ދީފަ އެވެ. އެ މައްސަލަތައް ފުލުހުންނަށް ވެސް ހުށަހެޅި އެވެ.
ފުލުހުން ބުނީ އެ މައްސަލަތައް ތަހުގީގުކޮށް، އެންމެ ފަހުން ހުށަހެޅި މައްސަލާގައި ބަޔަކާ ސުވާލު ވެސް ކުރި ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.
ޔާމީންގެ މަރުގެ ތަހުގީގަށް އާއްމުންގެ އެހީއަށް އެދެފި
އަންހެންމީހާގެ އަތްފައި ވެސް އޮތީ ބުރިކޮށްލައިފައި!
އެންމެ ބޮޑު މަރު: ދައުލަތް އަނެއްކާ ވެސް އިހުމާލު!
ހުކުމާ އެކު ޔާމީންގެ މަރުގެ މައްސަލަ ބަލަން ފަށައިފި
ޔާމީން ރަޝީދުގެ މަރު: ދެ މީހަކު އުމުރަށް ޖަލަށް
ޔާމީން ރަޝީދުގެ މަރު: މާދަމާ ހުކުމް އިއްވަނީ
ޔާމީން ރަޝީދުގެ މަރު: ހުކުމް އަންނަ މަހު އިއްވަނީ
ޔާމީން މަރާލަން ރާވަމުން ދިޔަކަން ހެކިވެރިޔާއަށް އެނގޭ
ޔާމީންގެ މަރު: "ސިއްރު ހެއްކަކީ ކުށުގެ ބައިވެރިއެއް"
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ