Roadha Mihaaru
ހައްޔަރުކުރި މީހުންގެ މައުލޫމާތު މިއަދު ދޭނަން: ޕޮލިސް

ރޭ ހައްޔަރުކުރި މީހުންގެ މައުލޫމާތު މިއަދު އާއްމުކުރާނަން: ޕޮލިސް

25 އެޕްރީލް 2017

މައްޗަންގޮޅީ ޕީޓްރަލް ހޮޓާ ހިމެނޭ ސަރަހައްދުގެ ތިން ތަނެއް ފުލުހުން ރޭ ފާސްކޮށް ހައްޔަރުކުރި މީހުންގެ މައުލޫމާތު މިއަދުގެ ވަގުތެއްގައި އާއްމުކުރާނެ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މައްޗަންގޮޅީ ޕީޓްރަލް ހޮޓާ ހިމެނޭ ސަރަހައްދުގެ ތިން ތަނެއް ފުލުހުން ރޭ ފާސްކޮށް ހައްޔަރުކުރި މީހުންގެ މައުލޫމާތު މިއަދުގެ ވަގުތެއްގައި އާއްމުކުރާނެ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ފާސްކުރީ މއ. ކިނާރާ ހައުސް އާއި އެނބޫގޯޅީގައި ހުންނަ އޮފީހަކާއި މއ. ނަމޫނާގެ އެވެ. މީގެ ތެރެއިން ތިން މީހުން ހައްޔަރުކުރި ކަމަށް ވަނީ ކިނާރާ ހައުސް އާއި އޮފީހުންނެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މިދިޔަ ހޮނިހިރުދުވަހުގެ ރޭ ދަންވަރު ރަހުމް ކުޑަގޮތަކަށް މަރާލާފައިވާއިރު، މާލެތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުން ރޭ ވަނީ ނެރެފަ އެވެ.

އެކަމަކު ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަނުގައި މީހުން ހައްޔަރުކުރީ ޔާމީނުގެ މަރާ ގުޅިގެން ކަމަށް އަދި ބުނަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު މިއަދު އާއްމުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި، މީހުންނާ ސުވާލުކޮށް ބަލައި ފާސްކޮށް އަދި ސާމްޕަލް ނަގާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.