Roadha Mihaaru

ހުޅުލެ ފެރީގެ ޓިކެޓް އަގު ބޮޑުކޮށްފި

މާލޭ އާއި ހުޅުލެ އާއި ދެމެދު ދަތުރު ކުރާ ފެރީ ޓިކެޓުގެ އަގު ބޮޑު ކޮށްފި އެވެ.

ހުޅުލެ ފެރީގެ ޓިކެޓް އަގު ބޮޑުކޮށްފި
ޚަދީޖާ ހާޒިމާ
ޚަދީޖާ ހާޒިމާ

01 މެއި 2017

މާލޭ އާއި ހުޅުލެ އާއި ދެމެދު ދަތުރު ކުރާ ފެރީ ޓިކެޓުގެ އަގު ބޮޑު ކޮށްފި އެވެ.

އެއާޕޯޓް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވާ ގޮތުން މި މަހު 10 ވަނަ ދުވަހުން ފެށިގެން ފެރީ ޓިކެޓުން އެއް ރުފިޔާ ބޮޑު ވާނެ އެވެ.

އެހެން ކަމުން އެ ދުވަހުން ފެށިގެން މާލެ އާއި ހުޅުލެ އާއި ދެމެދު ދަތުރު ކުރާ ފެރީގެ ޓިކެޓެއް ލިބޭނީ 11ރ އަށެވެ. އެ ތަނުން ބުނީ ޓިކެޓްގެ އަގު ބޮޑުކުރަން ޖެހުނީ މާލެ-ހުޅުލެ ފެރީ ޓިކެޓުން ޖީއެސްޓީ ނަގަން ޖެހުމާއި ގުޅިގެން ކަމަށެވެ.

ނަމަވެސް މީރާ އިން އަންނަނީ މީގެ ކުރިން ވެސް ފެރީ ޓިކެޓުން، ޖީއެސްޓީ ނަގަމުންނެވެ. ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ ޓިކެޓާއި މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ ޓިކެޓު، ޖީއެސްޓީ ހިމަނައިގެން ވިއްކާތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ އެވެ.