25 އެޕްރީލް 2017
މެނީލާ (އެޕްރީލް 25) - މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މީހުން މަރާފައިވާ ކަމަށް ބުނެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ މައްސަލަ އެ ގައުމުގެ ވަކީލަކު ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓު (އައިސީސީ) އަށް ހުށަހަޅައިފި އެވެ.
މެނީލާ (އެޕްރީލް 25) - މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މީހުން މަރާފައިވާ ކަމަށް ބުނެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ މައްސަލަ އެ ގައުމުގެ ވަކީލަކު ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓު (އައިސީސީ) އަށް ހުށަހަޅައިފި އެވެ.
ދަ ހޭގުގައި ހުންނަ ކޯޓަށް ވަކީލް ޖޫޑް ސާބިއު ހުށަހެޅި މައްސަލާގައި ވަނީ ޑުޓާޓެ އާއި ފިލިޕީންސް ސަރުކާރުގެ ސީނިއާ އޮފިޝަލުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަހުގީގު ކުރުމަށް ފަހު އެ މައްސަލަތަކުގައި ދައުވާ ކުރުމަށް އެދިފަ އެވެ. ވަކީލް ތުހުމަތުކޮށްފައިވާ ގޮތުގައި ފިލިޕީންސްގައި މީހުން މެރުމުގެ ސިލްސިލާ ޑުޓާޓެ ފައްޓަވާފައި ވަނީ ޑަވާއޯ ސިޓީގެ މޭޔަކަށް 1988 ވަނަ އަހަރު އޭނާ އިންތިޚާބުވި ހިސާބުންނެވެ. އަދި ޑަވާއޯ ސިޓީގައި ޑުޓާޓެ ހިންގެވި ޑަވާއޯ ޑެތު ސްކޮޑުން 1،400 އަށް ވުރެ ގިނަ އާއްމުން މަރާ އަދި ފިލިޕީންސްގެ ރައީސްކަން ލިބިވަޑައިގެންނެވި ފަހުން ޑުޓާޓެ ފެއްޓެވި މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގައި 7،000 މީހުން މަރާފައިވާ ކަމަށް ވަކީލް ބުނެފައިވެ އެވެ.
އަައިސީސީގެ ޕްރޮސެކިއުޓާ ފާތޯއޫ ބެންސޫދާގެ އޮފީހަށް ސާބިއޯ މައްސަލަ ހުށަހެޅީ ހޭގަށް ގޮސް އޭނާ އަމިއްލަ އަށެވެ. އޭއެފްޕީ ނިއުސް އެޖެންސީން އެދުނު ނަމަވެސް މި މައްސަލާގައި ބެންސޫދާގެ އޮފީހުން ކޮމެންޓް ކޮށްފައެއް ނުވެ އެވެ.
ފިލިޕީންސްގެ ރައީސްކަމަށް ޑުޓާޓެ ވަޑައިގެންނެވީ މިދިޔަ މެއި މަހު އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް އޭނާ ހިންގަވާ ހަރުކަށި ހަނގުރާމަ އަށް ގައުމުގައި ތާއީދު އޮތް ނަމަވެސް ބައިނަލްއަގުވާމީ ގޮތުން ދަނީ ފާޑުކިޔަމުންނެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ފިލިޕީންސް ވަކިވެއްޖެ
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ފިލިޕީންސް ވަކިވަނީ
ފިލިޕީންސްގައި މީހުން މަރާ މައްސަލަ އައިސީސީ އަށް
ކުށްކުރާ މީހުން މަރަން ޓީމެއް ގެންގުޅުނިން: ޑުޓާޓޭ
ފިލިޕީންސްގެ ރައީސް ކަމަށް ރައީސްގެ ދަރިކަނބަލުން
ފިލިލީންސްގެ ބޮކްސިން ތަރި މެނީ ރިޔާސީ ރޭހަށް
ސްކޫލްތައް ހުޅުވާނީ ވެކްސިނެއް ލިބުނު ދުވަހަކުން:ޑުޓާޓެ
ފިލިޕީންސްގެ ރައީސްގެ ހަށިކޮޅުގައި އަތްލުން މަނާ!
މަގާމުން ދުރުކުރަން އުޅޭ މީހުން ޖަލަށްލާނަން: ޑުޓާޓެ
މެއިޑް ގައިގައި "އަތްލުމުން" ޑުޓާޓެ އަށް ފާޑުކިޔުން