ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ފުރަތަމަ ހިންގާ ހައުސިން މަޝްރޫއުގެ ދަށުން، 7،000 ހައުސިން ޔުނިޓް އަޅަން ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ން ލޯނު ދީފި އެވެ. އެކަމަކު އެއީ ކިހާ ވަރެއް ކަމެއް އެޗުޑީސީއަކުން ނުބުނެ އެވެ.
26 އެޕްރީލް 2017
ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ފުރަތަމަ ހިންގާ ހައުސިން މަޝްރޫއުގެ ދަށުން، 7،000 ހައުސިން ޔުނިޓް އަޅަން ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ން ލޯނު ދީފި އެވެ. އެކަމަކު އެއީ ކިހާ ވަރެއް ކަމެއް އެޗުޑީސީއަކުން ނުބުނެ އެވެ.
ދެވަނަ ފިޔަވަހީގެ މަޝްރޫއުތައް ހިންގާ ސަރަހައްދުތަކަށް އިއްޔެ ވަޑައިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "މިހާރު" އަށް ވިދާޅުވީ އައިސީބީސީން ދިން ލޯނުން ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ހަދަން ނިންމާފައިވާ ކަމަށެވެ.
އެ މަޝްރޫއު ކުރިޔަށް ގެންދާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން މިހާރު އަންނަނީ އަމަލީ ބައެއް މަސައްކަތް ކުރަމުންނެވެ.
ގެދޮރު އަޅަން ސަރުކާރުން މިހާތަނަށް ނަގާ އެންމެ ބޮޑު ލޯނު އައިސީބީސީން ދިނީ ހަތަރު ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި 15 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.
މި މަޝްރޫއުގައި ހަދަނީ ދެ ކޮޓަރި އާއި ދެ ފާޚާނާ ހިމެނޭ ގޮތަށް 550 އަކަފޫޓުގެ އެޕާޓްމަންޓެވެ.
"މިތަންތަނަކީ ސޯޝަލް ހައުސިންއަށް އަމާޒުކޮށްގެން ހަދާ ތަންތަން. އަދި މިތަންތަނުގެ އަގުތައް ކަނޑައަޅާފައި ނުވި ނަމަވެސް އެކަށީގެންވާ ހެޔޮ އަގެއްގައި ފޯރުކޮށްދެވޭނެ،" ސައިމަން ވިދާޅުވި އެވެ.
ހުޅުމާލެ 2 ގައި މެދުފަންތީގެ ތިން ހޮޓާ އަޅަނީ
ދެވަނަ ފިޔަވަހީގައި އެންމެ ކުޑަކޮށް ވެސް 14 ބުރި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި
ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި
ހުޅުމާލެ 2 ގައި ފަޔަ ހައިޑްރެންޓް ސިސްޓަމް ބަހައްޓަނީ
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
އިތުރު 18 ބިމެއް ވިއްކަން އެޗްޑީސީން ހުޅުވާލައިފި