Roadha Mihaaru
މާފަރު އެއާޕޯޓް ހަދަން ސަން ސިޔާމް ރިސޯޓްސްއަށް ދީފި

މާފަރު އެއާޕޯޓް ހަދަން ސަން ސިޔާމް ރިސޯޓްސްއާ ހަވާލުކޮށްފި

26 އެޕްރީލް 2017

ނ. މާފަރުގައި އެއާޕޯޓް ހަދަން ޓޫރިޒަމް މިނިސްޓްރީން ސަން ސިޔާމް ރިސޯޓްސްއާ މިއަދު ހަވާލުކޮށްފި އެވެ.

ނ. މާފަރުގައި އެއާޕޯޓް ހަދަން ޓޫރިޒަމް މިނިސްޓްރީން ސަން ސިޔާމް ރިސޯޓްސްއާ މިއަދު ހަވާލުކޮށްފި އެވެ.

ސަން ސިޔާމްސް ރިސޯޓްސް އަކީ ދ. މީދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ހިއްސާވާ ކުންފުންޏެކެވެ.

މާފަރު އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. ސަން ސިޔާމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު މައުރޫފް އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާފަރު އެއާޕޯޓް ހަދަން ސަން ސިޔާމް ރިސޯޓްސް އިން ހުށަހަޅާފައި ވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުން، އެއާޕޯޓުގައި ޓްރާންސިޓް ހޮޓަލަކާއި އެއާޕޯޓު ހިމެނޭ ސަރަހައްދުގެ ފަޅުތެރެއިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރާ ގޮތަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މާފަރުގެ އެއާޕޯޓް ހަދަން ސަން ސިޔާމް ކުންފުނިން ހުށަހަޅާފައި ވަނީ 1،800 މީޓަރުގެ ރަންވޭ އަކާއި އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ ގޮތަށް އެންމެ ޒަމާނީ ވަަސީލަތްތައް ހިމަނައިގެން ކަމަށެވެ. އަދި އެ އެއާޕޯޓް ތަރައްގީކޮށް ނިންމަން އެ ކުންފުނިން ހުށަހަޅާފައި ވަނީ ދެ އަހަރުގެ ތެރޭގައި ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މާފަރު އެއާޕޯޓް ހަދަން ސަން ސިޔާމް ކުންފުންޏާ ހަވާލުކުރުމުގެ ކުރިން، މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މިލޭނިއަމް ކެޕިޓަލް ކިޔާ ކުންފުންޏާ އެވެ. ނަމަވެސް އެއްބަސްވުމާ ހިލާފުވި ކަމަށް ބަލައި އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ވަނީ އުވާލައިފަ އެވެ.