26 އެޕްރީލް 2017
ޓާޓާ ހައުސިންއާ ހަވާލުކޮށްގެން ސަރުކާރުން މާލޭގައި އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން، ސަރުކާރަށް ދޫކޮށްލާ ބިންކޮޅު އަކަފޫޓެއް 2،000ރ. ގެ ރޭޓުން ގަންނަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ޓާޓާ ހައުސިންއާ ހަވާލުކޮށްގެން ސަރުކާރުން މާލޭގައި އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން، ސަރުކާރަށް ދޫކޮށްލާ ބިންކޮޅު އަކަފޫޓެއް 2،000ރ. ގެ ރޭޓުން ގަންނަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޓާޓާ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން ބޭންކު ލޯނު ހަމަނުޖެހުނު މީހުންނަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލެއިން ލިބިފައިވާ ބިންކޮޅު ދޫކޮށްލާ މީހުންނަށް ބޭންކު ލޯނު ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން އަކަފޫޓެއް 2،000ރ. އަށް ގަންނަން ނިންމީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަކަފޫޓެއް 2،000ރ.ގެ ރޭޓުން ގަތުމުން ފްލެޓްގެ ޖުމްލަ އަގުން އެމިންވަރަށް އުނިވެގެންދާނެ. އޭރުން ބޭންކުން ނަގަން ޖެހޭ ލޯނާއި ޑައުންޕޭމަންޓްގެ މިންވަރު ވެސް ކުޑަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ ކުންފުނިން ދެ މިލިއަން ރުފިޔާއަށް ވިއްކާ ޓާޓާ ފްލެޓެއްގެ މިހާރު މާކެޓްގެ އަގަކީ ތިން މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ސޯޝަލް ހައުސިންއަށް އިމާރާތްކޮށްފައިވާ ފްލެޓްތަކަށްވުމުން އަގު ދެ މިލިއަނަށް ކުޑަކުރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓާޓާ ފްލެޓްތައް ލިބުނު މީހުންނަށް އެޕާޓްމަންޓް ކަނޑައެޅުމަށް ގުރުއަތު ނަގަނީ
"އަޅުގަނޑުމެން މިހާރު ފްލެޓަށް ހޮވުނު ފަރާތްތަކަށް އެބަ އަންގަން އަކަފޫޓެއް 2،000ރ.ގެ ރޭޓުން ގަންނަން ނިންމިކަމަށް. އޭރުން ދެން ލޯނުގެ ނަގަން ޖެހޭ މިންވަރު ވެސް އަންގާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ޓާޓާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު 268 މީހުންގެ ތެރެއިން ފައިސާ ދައްކަން ދިން މުއްދަތު މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހަށް ހަމަވިއިރު 47 މީހަކަށް ފައިސާ ދައްކައިދޭން އިސްލާމިކް ބޭންކު (އެމްއައިބީ) އިން ވަނީ ނިންމައިފަ އެވެ. އެ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން އެ ބޭންކުން ފައިނޭންސް ހޯދުމަށް 100 މީހަކު ހުށަހެޅި އެވެ. އޭގެ ތެރެއިން 47 މީހަކަށް ފައިސާ ދޭން ނިންމައި 53 މީހެއްގެ ފޯމް ވަނީ ބާތިލު ކޮށްފަ އެވެ.
އެޗްޑީސީން ކުރިން ބުނި ގޮތުގައި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ހަދާ އެއްބަސްވުމަކަށް ފަހު އެވެ.
އެ ދެ އިމާރާތުން ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ.
ފްލެޓަށް ގުރުއަތުން ހޮވުނު މީހަކު ބުނީ ބިންކޮޅު އަކަފޫޓެއް އެޗްޑީސީން 2،000ރ. އަށް ގަންނަން ނިންމުމުން ކުޑަ ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. ނަމަވެސް ބޭންކުތަކުން ހަމަޖައްސާފައިވާ އުސޫލްތަކުގެ ސަބަބުން ލޯނު ހޯދުމަކީ ގިނަ ބަޔަކަށް އަދިވެސް ދަތިކަމަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޭންކުން ލޯނު ދިނުމުގައި އެ މީހަކަށް ލިބޭ އާމްދަނީއަށް ބަލާ. މިވަރުގެ ފްލެޓަކަށް ލޯނުދޭއިރު މަދުވެގެން މަހަކު 30،000ރ.ގެ އާމްދަނީއެއް ލިބެން ޖެހޭ އެ މީހަކަށް ނުވަތަ ދަރިންނަށް. އެވަރު ލިބެނީ ނިސްބަތުން ވަރަށް މަދު ބަޔަކަށް،" އެ މީހާ ބުންޏެވެ.
ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.
އެއްވެސް ފްލެޓެއް އަދިއެއް ނުވިއްކަން: އެޗްޑީސީ
ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟
ފްލެޓަށް ކުރި އިންތިޒާރު ހިތްދަތި ގޮތަކަށް ނިމިއްޖެ!
ޓާޓާ ފްލެޓަށް ލޯނު ލިބުނީ އެންމެ 26 މީހުންނަށް
މި އަގު ކިހިނެއް؟ ފްލެޓެއް 1.8 މިލިއަނަށް!
ފްލެޓަށް ހޮވުނު 244 މީހެއްގެ މެދުގައި ގުރު ނަގައިފި
600ގޯތި ހަވާލުކޮށް، 400 ގޯތީގައި ކަންމުޑިޖަހައިފި
ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތައް މޮނިޓާކުރަން ގާނޫނެއް
ކޭޕާކް ފްލެޓްތައް ނިންމަންޖެހޭ މުއްދަތު އިތުރުކޮށްދީފި
288 ފްލެޓު އެޅި ޓާޓާއަށް މިވަރުގެ ބަދަލެއް؟