Roadha Mihaaru
ފްލެޓަށް ހޮވުނު 244 މީހެއްގެ މެދުގައި ގުރު ނަގައިފި

ޓާޓާ ފްލެޓްތަކަށް ހޮވުނު 244 މީހެއްގެ މެދުގައި ގުރުއަތުލައިފި

25 އޮކްޓޯބަރ 2016

ޓާޓާ ފްލެޓްތަކަށް ހޮވުނު 266 މީހުންގެ ތެރެއިން 244 މީހެއްގެ މެދުގައި ފްލެޓްތައް ތަރުތީބުކުރަން ގުރު ނެގުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބާއްވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓާޓާ ފްލެޓްތަކަށް ހޮވުނު 266 މީހުންގެ ތެރެއިން 244 މީހެއްގެ މެދުގައި ފްލެޓްތައް ތަރުތީބުކުރަން ގުރު ނެގުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބާއްވައިފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން ގުރުއަތުލުމުގައި މިފަހަރު ބައިވެރިވީ ރަޖިސްޓްރީވި މީހުން ކަމަށާއި ބާކީ ތިބި މީހުންގެ މެދުގައި ވެސް ލިސްޓްގައިވާ ތަރުތީބުން ގުރުނެގުން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ފްލެޓްތައް ތަރުތީބުކުރި ގޮތް އެޗްޑީސީގެ ވެބްސައިޓްގައި މިހާރު ވަނީ އާއްމުކޮށްފަ އެވެ.

އެ ކުންފުނީގެ އޮފިޝަލް ވިދާޅުވީ ގުރުއަތުލުމުގައި ބައިވެރިވި މީހުންނަށް އެވޯޑް ލެޓާ އަދި ފައިސާ ދެއްކޭނެ ގޮތްތައް ވަރަށް އަވަހަށް އަންގާނެ ކަމަށެވެ.

"ފައިސާ ދެއްކޭނެ ގޮތްތައް ހަމަޖެހިގެން އައުމުން އަޅުގަނޑުމެން ފްލެޓްތައް އެ ފަރާތްތަކާ ހަވާލުކުރާނަން. އަޅުގަނޑުމެން އެ ބޭފުޅުންނަށް ދޭނަން ފައިސާ ދައްކަން ތަފާތު އެކި އެކި އޮޕްޝަންތައް،" އޭނާ ވިދާޅުވި އެވެ.

ޓާޓާ ފްލެޓްތައް ލިބުނު މީހުންނަށް އެޕާޓްމަންޓް ކަނޑައެޅުމަށް މިއަދު ގުރުއަތު ނަގަނީ. ފޮޓޯ: އެޗްޑީސީ

ޓާޓާ ފްލެޓްތައް ލިބުނު މީހުންނަށް އެޕާޓްމަންޓް ކަނޑައެޅުމަށް މިއަދު ގުރުއަތު ނަގަނީ. ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ފްލެޓްތައް ލިބުނު މީހުންނަށް ދިގު މުއްދަތުން ފައިސާ ދައްކާ ހަލާސްކުރެވޭނެ އިންތިޒާމްތައް ބޭންކުތަކާއި އެޗްޑީއެފްސީ އަދި ޕެންޝަން ފަންޑުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އެ ފައިސާ ދެއްކޭނެ ހާއްސަ އުސޫލުތަކެއް ހަމަޖައްސައިދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

‎ކުރީގެ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ތެރެއިން 147 މީހެއްގެ މެދުގައި ގުރުއަތު ނެގުމުގެ ކަންތައް މި މަހު ހަވަނަ ދުވަހު ކުރިއަށް ގެންދަން އުޅެނިކޮށް އެކަން ފަސްކުރީ ގެޒެޓްކުރި ލިސްޓާއި ގުރުއަތު ނަގާ ލިސްޓުގައި ތަފާތުތަކެއް ހުރުމުންނެވެ. އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ ފްލެޓްތައް ލިބޭނެކަން ކުރިން ޔަގީންވެ، ގެޒެޓްގައި ނަން ހިމަނާފައިވާ އެންމެންގެ މެދުގައި ގުރު ނަގަން ޖެހޭނެ ކަމަށް އަންގައިފަ އެވެ.

ޓާޓާ ފްލެޓްތައް ލިބުނު މީހުންނަށް އެޕާޓްމަންޓް ކަނޑައެޅުމަށް މިއަދު ގުރުއަތު ނަގަނީ

ޓާޓާ ފްލެޓްތައް ލިބުނު މީހުންނަށް އެޕާޓްމަންޓް ކަނޑައެޅުމަށް މިއަދު ގުރުއަތު ނަގަނީ

‎ވެށިފަހި މާލޭ މަޝްރޫއުގެ ދަށުން، ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތައް ލިބޭ 266 ފަރާތެއްގެ ނަން ހިމެނޭ ލިސްޓް ތިން އަހަރު ކުރިން ވަނީ ގެޒެޓްކޮށްފަ އެވެ.

މި އަހަރުގެ މާޗް މަހުމި ފްލެޓްތައް ނިމިފައި ވިޔަސް ފްލެޓް ހަވާލުކުރުން ލަސްވީ އެތަނުގެ މަސައްކަތް ކުރި އެޕެކްސް ރިއަލިޓީ ކުންފުންޏަށް ސަރުކާރުން ދޭން ޖެހޭ 277 މިލިއަން ރުފިޔާ ނުދެއްކި ލަސްވުމުންނެވެ. އެކަމަކު މިހާރު ވަނީ އެ ފައިސާ ދައްކައިފަ އެވެ.