އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅީގައި ބަންދުކޮށްގެން ވިއްކަން ފަށަން ސްޓެލްކޯ އިން ތައްޔާރުވެއްޖެ އެވެ.
29 އެޕްރީލް 2017
އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅީގައި ބަންދުކޮށްގެން ވިއްކަން ފަށަން ސްޓެލްކޯ އިން ތައްޔާރުވެއްޖެ އެވެ.
ކަރަންޓުގެ ޚިދުމަތްދޭ ސަރުކާރުގެ މައި ކުންފުނިން ބުނީ މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުތަކުގެ ހޫނުން އުފެދޭ ފެން ބަންދުކޮށްގެން ވިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި މި ގޮތަށް ފެން އުފައްދައިގެން ފުޅީގައި ބަންދުކުރާ ފުރަތަމަ ފަހަރު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"އިންޖީނުގެ ހޫނު މަޑުކުރަން ބޭނުންކުރާ ފެން ޕްރޮސެސްކުރުމަށް ފަހު ފުޅީގައި ބަންދުކުރަނީ. އެ ފެނަކީ މިހާތަނަށް ރާއްޖޭގައި އުފައްދާ އެންމެ ކޮލިޓީ ރަނގަޅު އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް އުފައްދާ ފެނަށް ވެގެންދާނެ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުޅީގައި ފެން ބަންދުކުރަން ބޭނުންވާ ބޮޓްލިން ޕްލާންޓް ގާއިމުކޮށް މިހާރު ވަނީ ޓެސްޓް ވެސް ކޮށްފަ އެވެ.
"ސްޓެލްކޯ ފެން" ގެ ނަމުގައި ތަފާތު ހަތަރު ސައިޒެއްގެ ފުޅީގައި ފެން ބަންދުކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން 330 އެމްއެލް، 500 އެމްއެލް އާއި އެއް ލީޓަރާއި 1.5 ލީޓަރު އަދި ފަސް ލީޓަރުގެ ފުޅި ހިމެނެ އެވެ.
ސްޓެލްކޯ އިން ބަންދުކުރާ ފެނުގެ ތެރެއިން 330 އެމްއެލްގެ 24 ފުޅީގެ ކޭހެއް ވިއްކާނީ 50.40ރ. އަށެވެ. އަދި 500 އެމްއެލްގެ 24 ފުޅީގެ ކޭހެއް 52.80ރ އަށް އެއް ލީޓަރުގެ 12 ފުޅީގެ ކޭހެއް 38.40ރ. އަށް ވިއްކުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން 1.5 ލީޓަރުގެ 12 ފުޅީގެ ކޭހެއް 52.80ރ. އަށް ވިއްކާއިރު ފަސް ލީޓަރުގެ ހަތަރު ފުޅީގެ ކޭހެއް ވިއްކަން ހަމަޖެހިފައި ވަނީ 48ރ. އަށެވެ.
ސްޓެލްކޯ އިން ބުނީ ގަންނަ ކޮންމެ 10 ކޭހަކުން އެއް ކޭސް ފެން ހިލޭ ލިބޭނެ ކަމަށެވެ. އަދި 20 ކޭހަށް ވުރެ ގިނައިން ނަގާ ނަމަ ހިލޭ ގެންގޮސްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރަށްރަށުގެ ކަރަންޓާއި ފެން މާލެއެކޭ އެއް އަގަކަށް
އަނެއްކާ ވެސް ބޯ ފެން ލިބުން ތާށިވެއްޖެ
"ސްޓެލްކޯ ފެން" ބާޒާރަށް ނެރެފި
ވެރި ރަށް: ބެކަޕް ޕްލޭނެއް، ސިސްޓަމެެއް ނެތް؟
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި އަދަދު ދަށަށް!
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ރޯދަމަހަށް ކަރަންޓު ވަކި ބިލެއް ހަދައި ޑިސްކައުންޓުދެނީ
މައްސަލައެއް ދިމާވެ މާލޭން ކަރަންޓު ކެނޑިއްޖެ
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި