Roadha Mihaaru
"ސްޓެލްކޯ ފެން" ބާޒާރަށް ނެރެފި

"ސްޓެލްކޯ ފެން" ބާޒާރަށް ނެރެފި

30 އެޕްރީލް 2017

އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅީގައި ބަންދުކޮށްގެން "ސްޓެލްކޯ ފެނު"ގެ ނަމުގައި މިއަދު ވިއްކަން ފަށައިފި އެވެ. ކަރަންޓުގެ ޚިދުމަތް ދޭ ސަރުކާރުގެ މައި ކުންފުނިން، ފުޅީގައި ބަންދުކޮށްގެން ފެން ވިއްކުން އިފުތިތާހުކޮށްދެއްވީ އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ.

މި ރަސްމިއްޔާތުގައި ވަނީ ތަފާތު ހަތަރު ސައިޒެއްގެ ފެން ފުޅި އާއްމުކޮށްފަ އެވެ. އެއީ، 330 އެމްއެލް، 500 އެމްއެލް އާއި އެއް ލީޓަރު އަދި ފަސް ލީޓަރުގެ ފުޅި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ ފުޅީގައި ބަންދުކޮށް ބާޒާރަށް ނެރުނީ އެ ކުންފުނީގެ އިންޖީނުތަކުގެ ހޫނު މަޑުކުރަން ބޭނުންކުރާ ފެން ޕްރޮސެސް ކުރުމަށް ފަހު ކަމަށެވެ. އެ ފެން ބާޒާރަށް ނެރުނީ، ސްޓެލްކޯގެ މުވައްޒަފުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބޯން ބޭނުން ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އިން އާއްމުކުރި ފެން ފުޅީގެ އެކި ސައިޒުތައް: މިއަދުން ފެށިގެން މި ފެން ވަނީ ވިއްކަން ފަށާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ސްޓެލްކޯ އިން އާއްމުކުރި ފެން ފުޅީގެ އެކި ސައިޒުތައް: މިއަދުން ފެށިގެން މި ފެން ވަނީ ވިއްކަން ފަށާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ވަރަށް ސާފު ފެނެއްގެ ގޮތުގައި މި ފެން އަޅުގަނޑުމެންނަށް ލިބިގެން މިދަނީ. އެންމެ ފުރަތަމައިނުން މިފެން ލިބޭއިރު މީގެ ތެރޭގައި މިނަރަލްސް ނެތުމާއެކު އަޅުގަނޑުމެން [މިފެން] ދުއްވާލަން ޖެހޭ މިނަރަލްސް ތެރެއަށް ވެސް. އެތަނުން މި ފެނަށް ބޭނުންވާ މިނަރަލްސް ލިބެނީ،" އޭނާ ވިދާޅުވި އެވެ.

ޝުކޫރު ވިދާޅުވި ގޮތުގައި އާއްމުކޮށް ރާއްޖޭގައި ބޭނުންކުރާ ރިވާސް އޮސްމޯސިސް (އާރުއޯ) ޕްލާންޓުން އުފައްދާ ފެނަށް ވުރެން ސްޓެލްކޯގެ ފެން ސާފުވާނެ އެވެ.

ސްޓެލްކޯގެ ފެން ބާޒާރަށް ނެރުމަކީ، އެ ކުންފުންޏަށް ލިބުނު އިތުރު ކުރިއެރުމެއް ކަން އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް ފާހަގަކުރެއްވި އެވެ. އެ ފެން ބާޒާރަށް ނެރުނީ 20 އަހަރު ވަންދެން ޓެސްޓް ކުރުމަށް ފަހު ކަމަށާއި އެއީ އެއްވެސް މައްސަލައެއް ނެތް، ވަރަށް ސާފު ފެނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ، ތިމާވެއްޓާ ވަރަށް ރައްޓެހި ގޮތަކަށް އުފައްދާ ފެނެއް،" ތޯރިގް ވިދާޅުވި އެވެ.

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފެން އުފައްދާ ގޮތަށް، ޕްލާސްޓިކް ފުޅިތައް ރީސައިކަލްކޮށްގެން އެކަން ކުރިއަށް ގެންދެވޭނެ ވިސްނުމެއް ގެންގުޅެން ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

ސްޓެލްކޯގެ ފެން ބާޒާރަށް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ.---ހުސެއިން ވަހީދު/ މިހާރު

ސްޓެލްކޯގެ ފެން ބާޒާރަށް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ.---ހުސެއިން ވަހީދު/ މިހާރު

ސްޓެލްކޯ އިން ބަންދުކުރާ ފެނުގެ ތެރެއިން 330 އެމްއެލްގެ 24 ފުޅީގެ ކޭހެއް ވިއްކާނީ 50.40ރ. އަށެވެ. އަދި 500 އެމްއެލްގެ 24 ފުޅީގެ ކޭހެއް 52.80ރ އަށް އެއް ލީޓަރުގެ 12 ފުޅީގެ ކޭހެއް 38.40ރ. އަށް ވިއްކުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން 1.5 ލީޓަރުގެ 12 ފުޅީގެ ކޭހެއް 52.80ރ. އަށް ވިއްކާއިރު ފަސް ލީޓަރުގެ ހަތަރު ފުޅީގެ ކޭހެއް ވިއްކަން ހަމަޖެހިފައި ވަނީ 48ރ. އަށެވެ. ސްޓެލްކޯ އިން ބުނީ ގަންނަ ކޮންމެ 10 ކޭހަކުން އެއް ކޭސް ފެން ހިލޭ ލިބޭނެ ކަމަށެވެ. އަދި 20 ކޭހަށް ވުރެ ގިނައިން ނަގާ ނަމަ ހިލޭ ގެންގޮސްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.