Roadha Mihaaru
ލިތިއަމް-އޮކްސިޖަން ބެޓެރީއެއް އުފައްދައިފި

ލިތިއަމް-އޮކްސިޖަން ބެޓެރީއެއް އުފައްދައިފި

30 އެޕްރީލް 2017

ސައުތު ކޮރެއާ ސައިންސްވެރިން، ލިތިއަމް-އޮކްސިޖަން ބެޓެރީއެއް އުފައްދައިފި އެވެ. ސައިންސް މިނިސްޓްރީން ބުނި ގޮތުގައި، ދުރު ރާސްތާ މަންޒިލްތަކަށް ބެޓެރީ އުޅަނދުފަހަރު ދަތުރުކުރުމުގައި މިއީ ނުހަނު ބޮޑު ކުރިއެރުމަކަށް ވާނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސައުތު ކޮރެއާ ސައިންސްވެރިން، ލިތިއަމް-އޮކްސިޖަން ބެޓެރީއެއް އުފައްދައިފި އެވެ. ސައިންސް މިނިސްޓްރީން ބުނި ގޮތުގައި، ދުރު ރާސްތާ މަންޒިލްތަކަށް ބެޓެރީ އުޅަނދުފަހަރު ދަތުރުކުރުމުގައި މިއީ ނުހަނު ބޮޑު ކުރިއެރުމަކަށް ވާނެ އެވެ.

ލިތިއަމް-އޮކްސިޖަން ބެޓެރީއާ މެދު ބުނެވޭ ގޮތުގައި، ލިތިއަމް-އަޔަން ބެޓެރީއަށް ވުރެ އަވަހަށް ޗާޖުކުރެވެ އެވެ. އަދި ގިނައިރު ޗާޖު ދެމެހެއްޓެ އެވެ.

އުފުލާ ގެންގުޅެން ފަސޭހަ ސްމާޓް ޑިވައިސްތައް ހިންގުމަށްޓަކައި މުޅި ސިނާއަތު މިއަދު ބަރޯސާކުރަނީ "ލިތިއަމް-އަޔަން" ބެޓެރީ އަށެވެ. އުފައްދަން ފަސޭހަވެފައި، ދެމެހެއްޓެނިވި ބޭނުންތަކުގައި އިތުބާރު ބޮޑު "ލިތިއަމް-އަޔަން" ބެޓެރީގައި "ނުރަނގަޅު" މަދު ކަމެއް މެނުވީ ނެތެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް މައްސަލައަކަށް ވަނީ ޗާޖުކުރަން ނަގާ ގިނަ ވަތުގެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، ލިތިއަމް-އޮކްސިޖަން ބެޓެރީ ޗާޖުކުރުމަށް ގިނައިރުތަކެއް ނުނަގަ އެވެ. ޗާޖު ދެމެހެއްޓުމުގައި ވެސް ޒަމާނީ ޓެކްނޮލޮޖީއަށް ވުރެ އޮކްސިޖަން-އަޔަން ބެޓެރީ ކުރި ހޯދަ އެވެ. އެހެން ނަމަވެސް، މި ބާވަތު ބެޓެރީތައް އާންމު ވިޔަފާރި އަށް ދޫކޮށްލަން އަދި ދުވަސްތަކެއް ނަގާނެ އެވެ.

ލިތިއަމް-އޮކްސިޖަން ބެޓެރީ ސައިންސްވެރިން ތަރައްގީކުރަނީ ބެޓެރީ އުޅަނދުފަހަރަށް އަމާޒުކޮށްގެންނެވެ. ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ފަދަ އުފުލާ ގެންގުޅެން ފަސޭހަ ޑިވައިސްތަކަށް ޚާއްސަ ލިތިއަމް-އޮކްސިޖަން ބެޓެރީ އުފައްދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.