30 އެޕްރީލް 2017
ރާއްޖެ އަށް އޮސްޓްރޭލިއާ ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހުކުރުދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ރާއްޖެ އަށް އޮސްޓްރޭލިއާ ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހުކުރުދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ކުރިން ހަމަޖައްސާފައި އޮތް ގޮތުން ނަމަ މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިއަދެވެ. ނަމަވެސް އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕަށް ކުރިމަތިލާ އޮންލައިން ސިސްޓަމަށް އިއްޔެ ދިމާވި މައްސަލައަކާ ގުޅިގެން ވަނީ، އަންނަ ހުކުރުދުވަހުގެ ހަވީރު ފަހެއް ޖަހަންދެން މުއްދަތު އިތުރުކޮށްފަ އެވެ.
މި ސްކޮލަޝިޕް ލިބޭ ދަރިވަރުން ކިޔަވަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
މާސްޓާސް ފެންވަރަށް ކިޔަވަން ހުޅުވައިލި މި ސްކޮލަޝިޕް ދިނުމުގައި އިސްކަންދެނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ އިގުތިސާދާއި ތިމާވެއްޓާއި ތައުލީމު އަދި ގުޑް ގަވަނެންސްގެ ދާއިރާ އެވެ.
އޮސްޓްރޭލިއާ އެވޯޑްސް އިން ވަނީ ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވެސް މީގެ ކުރިން ދީފަ އެވެ. ނަމަވެސް މިދިޔަ އަހަރާއި މި އަހަރު ޚާއްސަ ކޮށްފައި ވަނީ ހަމައެކަނި މާސްޓާސް ޕްރޮގްރާމްތަކަށެވެ.
ސްކޮލަޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން 50 ޕަސެންޓް ހާއްސަ ކޮށްފައި ވަނީ އަންހެނުންނަށް ކަމަށް އޮސްޓްރޭލިއާ އެވޯޑްސްގެ ވެބްސައިޓުގައި ވެ އެވެ. އަދި ހޮވޭ ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ޚަރަދެއްގެ އިތުރުން އޮސްޓްރޭލިއާ އަށް ދިއުމުގެ ދެކޮޅު ޓިކެޓާއި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އިނާޔަތްތައް ވެސް ދޭނެ އެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން މި އަހަރު ވެސް ދިވެހި 16 ދަރިވަރަކަށް ސްކޮލަޝިޕް ދީފައި ވެ އެވެ.
އޮސްޓްރޭލިއާގެ ސްކޮލަޝިޕަށް ހުޅުވާލައިފި
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕް އިތުރުކުރަނީ
އޮސްޓްރޭލިއާ ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް އިތުރުކޮށްފި
އޮސްޓްރޭލިއާ ސްކޮލަޝިޕްގެ ލިޔުން 10 ދަރިވަރަކަށް ދީފި
އޮސްޓްރޭލިއާ ސަރުކާރުގެ ސްކޮލަޝިޕަށް ހުޅުވާލައިފި
އޮސްޓްރޭލިއާގެ ސްކޮލަޝިޕް މި އަހަރު 16 ދަރިވަރަކަށް
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
ގައުމީ ތަރައްގީގެ ޕްލޭނަށް އޮސްޓްރޭލިއާގެ އެހީ ހޯދަނީ
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕްގެ ފުރުސަތު
ޗިވަނިންގެ ދަރިވަރުންނާ ސަފީރު ބައްދަލު ކުރައްވައިފި