23 ނޮވެމްބަރ 2017
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މި އަހަރު ދިން ސްކޮލަޝިޕަށް ހޮވުނު 10 ދަރިވަރަކަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މި އަހަރު ދިން ސްކޮލަޝިޕަށް ހޮވުނު 10 ދަރިވަރަކަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު. ޑރ. މުހައްމަދު އާސިމާއި އޮސްޓްރޭލިއާ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ބްރައިސް ހުޗެސަނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާސިމް ވަނީ އިންސާނީ ވަސީލަތް ތަރައްގީކުރަން އޮސްޓްރެލިއާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު ދަންނަވައިފަ އެވެ.
އޭނާ ވިދާޅުވީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް ހާމަވެެގެންދާ އެއް ކަމަކީ، އާސިމް ފާހަގަކުރެއްވި ގޮތުގައި، އޮސްޓްރޭލިއާ އެވޯޑްސްގެ ދަށުން ލިބޭ ކޯސްތަކެވެ.
އޮސްޓްރޭލިއާ އެވޯޑްސްގެ ދަށުން ސްކޮލަޝިޕް ދެމުން އަންނަނީ ވަރަށް މުހިއްމު ދާއިރާތަަކަށް ކަމަށާއި އެއީ ކުރިއަރަމުން އަންނަ ރާއްޖެ ފަދަ ގައުމުތަކުން އިސްކަންދޭން ޖެހޭ ދާއިރާތައް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޮސްޓްރޭލިއާ ސަރުކާރުން ދޭ ސްކޮލަޝިޕް ހަވާލުކުރަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އާސިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
މި ސްކޮލަޝިޕް ދެނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ތައުލީމް، ގުޑް ގަވަނެންސް، އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އެންވަޔަރްމަންޓް މެނޭޖްމަންޓުންނެވެ.
އޮސްޓްރޭލިއާގެ ސަފީރު ބްރައިސް ވިދާޅުވީ އެ ސްކޮލަޝިޕްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ދަރިވަރުން މަތީ ތައުލީމް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި އެ ފުރުސަތުގެ ކިޔަވާވިދާޅުވި ބޭފުޅުން ރާއްޖެއަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވަމުން އަންނަކަން ވެސް ސަފީރު ފާހަގަކުރެއްވި އެވެ.
މާސްޓާސް ފެންވަރަށް ކިޔަވަން ހުޅުވާލި ސްކޮލަޝިޕަށް 100 އެއްހާ ދަރިވަރުން ކުރިމަތިލި އެވެ.
އޮސްޓްރޭލިއާއިން އަންނަނީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ސްކޮލަޝިޕް ދެމުންނެވެ. އޮސްޓްރޭލިޔާގެ ސްކޮލަޝިޕްގެ ދަށުން ކިޔެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ރާއްޖޭން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަލީ ނަސީރު ހިމެނިވަޑައިގަންނަވަ އެވެ.
މި ސްކޮލަޝިޕް ދެމުން އަންނަތާ މިހާރު 54 އަހަރު ވެއްޖެ އެވެ. މިއީ ބޭރު ގައުމަކުން ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ދެމުން އަންނަ މަތީ ތައުލީމުގެ ފުރުސަތެވެ.
އޮސްޓްރޭލިއާގެ ސްކޮލަޝިޕަށް ހުޅުވާލައިފި
އޮސްޓްރޭލިއާ ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް އިތުރުކޮށްފި
އޮސްޓްރޭލިއާ ސަރުކާރު ސްކޮލަޝިޕްގެ މުއްދަތު އިތުރުކޮށްފި
އޮސްޓްރޭލިއާ ސަރުކާރުގެ ސްކޮލަޝިޕަށް ހުޅުވާލައިފި
އޮސްޓްރޭލިއާގެ ސްކޮލަޝިޕް މި އަހަރު 16 ދަރިވަރަކަށް
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕް އިތުރުކުރަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕްގެ ފުރުސަތު
ޗިވަނިންގެ ދަރިވަރުންނާ ސަފީރު ބައްދަލު ކުރައްވައިފި
ސައުދީން ދިވެހިންނަށް 350 ސްކޮލަޝިޕް