Roadha Mihaaru
ވިލާއާ ދެކޮޅަށް 37 މިލިއަން ޑޮލަރުގެ ދައުވާއެއް

ވިލާގެ ދެ ކުންފުންޏަކުން 37 މިލިއަން ޑޮލަރު ހޯދަން މީރާ އިން ދައުވާކޮށްފި

02 މެއި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދެ ކުންފުންޏަކުން 37.5 މިލިއަން ޑޮލަރު (578 މިލިއަން ރުފިޔާ) ދައުލަތަށް ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދެ ކުންފުންޏަކުން 37.5 މިލިއަން ޑޮލަރު (578 މިލިއަން ރުފިޔާ) ދައުލަތަށް ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ގާސިމްގެ ދެ ކުންފުންޏެއް ކަމަށްވާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން 18.9 މިލިއަން ޑޮލަރު އަދިި ވިލާ ހޮޓެލްސް އެންޑް ރިސޯޓް ކުންފުނިން 18.6 މިލިއަން ޑޮލަރު، އެކު ޖުމްލަ 37.5 މިލިއަން ޑޮލަރު ހޯދަން ދައުވާކުރީ އެ ދެ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގަ އެވެ.

ވިލާ ޝިޕިންއާ ދެކޮޅަށް ދައުވާކުރަނީ އެ ކުންފުންޏަށް ރިސޯޓް ހެދުމަށް ދޫކުރި ތ. އެލާގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެ ފައިސާ ލިބެންޖެހޭ ކަމަށް ބުނެ އެވެ. ވިލާ ހޮޓެލްސްއާ ދެކޮޅަށް ދައުވާކުރަނީ އެ ކުންފުންޏަށް ދޫކުރި ކ. ބޮލިދުއްފަރު ފަރާއި ކ. ވާވެއްދިފަޅުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ. ވަކިވަކިން އެ ދެ މައްސަލަ ހުށަހެޅީ މިދިޔަ މަހު އެވެ.

ފައިސާ ހޯދަން ދައުވާ ކުރުމުގެ ކުރިން މީރާ އިން ވަނީ އެ އިދާރާގައި އޮންނަ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ.

އެއްބަސްވުމާ ޚިލާފްވި ކަމަށް ބުނެ އެލާ އާއި ބޮލިދުއްފަރު ފަރާއި ވާވެއްދިފަޅު 2015 ގައި ސަރުކާރުން ވަނީ އަތުލައިފަ އެވެ. އެ ތަންތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ ތިން ތަނުގެ އިތުރުން އިތުރު ރަށްތަކާއި ފަޅުތަކެއް ވެސް ސަރުކާރުން އޭރު އަތުލި އެވެ. އެ މައްސަލަތައް ވެސް ހައި ކޯޓުން ނިންމީ ވިލާއާ ދެކޮޅަށެވެ.