Roadha Mihaaru
ވިލާއާ ދެކޮޅަށް ކުރި 2.5 ބިލިއަންގެ ދައުވާ ނަގައިފި

ވިލާއާ ދެކޮޅަށް ކުރި 2.5 ބިލިއަން ރުފިޔާގެ ދައުވާތައް އަނބުރާ ނަގައިފި

26 އެޕްރީލް 2018

ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި ދައުވާތައް އިއްޔެ އަނބުރާ ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި ދައުވާތައް އިއްޔެ އަނބުރާ ގެންގޮސްފި އެވެ.

ވިލާގެ ފަސް ކުންފުންޏަކުން 166 މިލިއަނަށް ވުރެ ގިނަ ޑޮލަރު (2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން މީރާ އިން ދައުވާކުރީ އެ ކުންފުނިތަކަށް ސަރުކާރުން ކުރިން ދޫކޮށްފައި ހުރި ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ. އެ ރަށްތަކާއި ފަޅުތައް ސަރުކާރުން 2015 ގައި ވަނީ އަތުލައިފަ އެވެ.

އެ މައްސަލަތައް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ، މީރާއިން ކޯޓަށް އެންގުމުން ކޯޓުން އިއްޔެ ވަނީ އެ ދައުވާތައް ބާތިލްކޮށްފަ އެވެ. ދައުވާ އަނބުރާ ގެންދިއުމުގެ ކުރިން، މީރާއިން ވަނީ ފްރީޒް ކޮށްފައިވާ ވިލާގެ އެކައުންޓްތައް ވެސް ދޫކޮށްލައިފަ އެވެ.

އެ ދައުވާތައް މީރާއިން އަނބުރާ ގެންދިޔައީ އެ މައްސަލާގައި ހިމެނޭ ރަށްތައް ވިލާ ކުންފުނި އަތުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިމަހު ހުކުމް ކޮށްފައި ވަނިކޮށެވެ. ދައުވާ އަނބުރާ ގެންދިއުމުގެ ކުރިން މީރާއިން ވަނީ ފްރީޒް ކޮށްފައިވާ ވިލާގެ ބޭންކް އެކައުންޓްތައް ވެސް ދޫކޮށްލައިފަ އެވެ.

ރަށްތަކާއި ފަޅުތައް އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން 2016 ގައި ހުކުމް ކޮށްފައި ވަނިކޮށް މިދިޔަ އަހަރު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިދިޔަ އަހަރު ނިންމީ އެތަންތަން އަތުލީ ރަނގަޅަށް ކަމަށެވެ. އެ މައްސަލަ ވިލާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިމަހު ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމައިފަ އެވެ.