މެޑްރިޑް (މެއި 3) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ވާދަވެރި އެތުލެޓިކޯ މެޑްރިޑް 3-0 އިން ބަލިކޮށް ހަތަރު އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތިން ވަނަ ފަހަރަށް ދަތުރުކުރުމާ ފިޔަވަޅަކާ ގާތަށް ރެއާލް މެޑްރިޑް ރޭ ޖެހިލައިފި އެވެ.
03 މެއި 2017
މެޑްރިޑް (މެއި 3) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ވާދަވެރި އެތުލެޓިކޯ މެޑްރިޑް 3-0 އިން ބަލިކޮށް ހަތަރު އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތިން ވަނަ ފަހަރަށް ދަތުރުކުރުމާ ފިޔަވަޅަކާ ގާތަށް ރެއާލް މެޑްރިޑް ރޭ ޖެހިލައިފި އެވެ.
މުބާރާތުގެ ފައިނަލުން 2014 ވަނަ އަހަރާއި މިދިޔަ އަހަރު އެތުލެޓިކޯ ބަލިކޮށް ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑުން މިވަނީ ވާދަވެރި ޓީމަށް އަނެއްކާ ވެސް މާޔޫސްކަން ގެނުވައިފަ އެވެ. އަންނަ ހަފުތާގައި އެތުލެޓިކޯގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން 2-0 އިން އެ ޓީމު މޮޅުވިޔަސް ފައިނަލުން ފުރުސަތު ލިބޭނީ ރެއާލް މެޑްރިޑަށެވެ.
ރޭގެ މެޗުގެ ތަރިއަކަށްވި ރޮނާލްޑޯގެ ޗެމްޕިއަންސް ލީގުގެ ގޯލުގެ އަދަދު 103 އަށް އެރިއިރު އޭނާ މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގައި ޖެހި ލަނޑުގެ އަދަދަކީ 52 އެވެ. މުބާރާތުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން އަށް ގޯލް ޖަހާފައިވާއިރު ސެމީ ފައިނަލް މެޗުތަކުގައި ޖުމްލަ 13 ގޯލް ޖަހާފައިވެ އެވެ.
ޔޫރަޕިއަން ކަޕް 1992 ވަނަ އަހަރު ރިބްރޭންޑްކުރި ފަހުން އެއްވެސް ޓީމަކަށް މުބާރާތުގެ ތަށި ދިފާއުކުރެވިފައެއް ނުވެ އެވެ. ރެއާލުގެ އެންމެ ބޮޑު އަމާޒަކީ އެ ޝަރަފް ހޯދާ ފުރަތަމަ ޓީމަށް ވުމެވެ.
ރޭގެ މެޗުގައި ރެއާލް މެޑްރިޑަށް ރޮނާލްޑޯ ލީޑު ނަގައިދިނީ 10 ވަނަ މިނެޓުގަ އެވެ. ކެޕްޓަން ސާޖިއޯ ރާމޯސް ނެގި ހުރަހެއް އެތުލެޓިކޯގެ ޑިފެންޑަރަކު ބޮލުން ދިފާއުކުރުމުން ކަސެމިރޯ އަށް ލިބުނު ބޯޅަ އޭނާ ހުރަސްކުރުމުން ރޮނާލްޑޯ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
އޭނާ ދެ ވަނަ ލަނޑު ޖެހީ 73 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ދިން ބޯޅަ އޭރިއާ ރޮނގު މަތިން ކޮންޓްރޯލްކުރުމަށް ފަހު ޖަހަ އެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ތިން ވަނަ ލަނޑު ޖެހީ ލޫކަސް ވަސްކުއޭޒް އޭރިއާ ތެރެއަށް ވަދެ ޖައްސާލި ބޯޅަ މަޑުމަޑުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ހުރިހާ ކުޅުންތެރިން ވެސް ވަރަށް މޮޅަށް ކުޅުނު ކަމަށާއި ރޮނާލްޑޯ އަކީ ލަނޑު ޖެހުމުގެ ތަފާތު ހުނަރުވެރިއެއް ކަމަށެވެ.
"އަހަރެން މި ކުޅުންތެރިން ގޮވައިގެން މިކުރާ މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ. ވަރަށް ރަނގަޅު މެޗެއް މި ކުޅުނީ،" ޒިދާން ބުންޏެވެ.
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މި މެޗުގެ ހަނދާން ނައްތާލަން ޖެހޭ ކަމަށެވެ. އަދި އަނެއް ލެގުން ނަތީޖާ އަނބުރާލުމަކީ ނުވާނެ ކަމެއްހެން ހީވިޔަސް، ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށް އޭނާ ބުންޏެވެ.
"އެންމެ ފަހުގެ އުއްމީދު ގެއްލިގެންދިއުމާ ހަމަޔަށް އަހަރެމެންގެ ހުރި ހިތްވަރެއްވިއްޔާ ލާނަން،" ސިމިއޯނީ ބުންޏެވެ.
އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި
އެތުލެޓިކޯއާ އެއްވަރުކޮށް ސެވިއްޔާ ޗެމްޕިއަންސް ލީގަށް
ރެއާލް ބަލިވިއިރު، ޗެމްޕިއަން ބަޔާނަށް ބޮޑު މޮޅެއް
ކުއާޓާ ފައިނަލުގައި ރޮނާލްޑޯ ރެއާލާ ދެކޮޅަށް؟
"އިދިކޮޅު ޓީމުގައި ރޮނާލްޑޯ ހުރުމުން ޖެހިލުންވޭ"
ރޮނާލްޑޯގެ ހެޓްރިކުން ޔުވެންޓަސް ކުއާޓާ އަށް
މިހާރު ޔުވެންޓަސްގެ ތަފާތަކީ ރޮނާލްޑޯ: އަލެގްރީ
ރޮނާލްޑޯ އާއި ސަލާގެ ތެރެއިން ކުރި ހޯދާނީ ކާކު؟
ބޭނުންވީ ރެއާލާއި ޔުނައިޓެޑްގެ ފައިނަލެއް: ރޮނާލްޑޯ
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ