Roadha Mihaaru
ހެޔޮ އަގެއްގައި ތެޔޮ ގަންނަން ސައުދީއާއެކު ސޮއިކުރަނީ

ހެޔޮ އަގެއްގައި ތެޔޮ ގަންނަން ސައުދީއާއެކު ސޮއިކުރަނީ

05 މެއި 2017

ރާއްޖެ އަށް ހެޔޮ އަގުގައި ތެޔޮ ވިއްކުމަށް، ސައޫދީ އަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ ކުންފުނި އަރަމްކޯއާ އެކު ވަރަށް އަވަހަށް ސޮއި ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އަށް ހެޔޮ އަގުގައި ތެޔޮ ވިއްކުމަށް، ސައޫދީ އަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ ކުންފުނި އަރަމްކޯއާ އެކު ވަރަށް އަވަހަށް ސޮއި ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން މާލޭގައި ޕީޕީއެމުން ބޭއްވި އެންމެ ފަހުގެ ކެމްޕެއިން ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ސައޫދީ ސަރުކާރާއި ރާއްޖެއާ ދޭތެރޭގައި އޮތީ ވަރަށް ގާތް ގުޅުމެއް އުފެދިފައި ކަމަށެވެ. އަދި އަރަމްކޯ އިން ސާފު ނުކުރާ ތެޔޮ ދޭނެ ކަމަށް މީގެ ކުރިން އެއްބަސްވެފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިހާރު ހުންނެވީ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ސައޫދީގެ ވެރިރަށް ރިޔާޒުގަ އެވެ. އެއްބަސްވުމުގައި ސޮއިކުރައްވާ ހިސާބުން، ރާއްޖޭގައި ތެލުން އުފައްދާ ބާވަތްތަކުގެ އަގު ހެޔޮވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެކަން ވެއްޖެ ކަމަށްވާނަމަ، ތެލުން އުފައްދާ އެއްޗެހީގެ އަގު ހެޔޮ ކުރެވޭނެ،" ކަރަންޓުގެ އަގު ހެޔޮވާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން މާލޭގައި ބޭއްވި ކެމްޕެއިންގެ ފަހު ޖަލްސާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ކަމަށެވެ. އެކިއެކި ރަށްރަށް ދަތިވެފައި ހުރި ކަންކަން ހައްލުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށް، 60،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި 1.2 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ބަނަވެފައި އޮތް ދުނިޔެ އިން ނިކުންނަން ބޭނުންނަމަ، "ހޮރުން" ނުކުންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރަން ނެގި ލޯނު އަނބުރާ އަދާ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާނެ ދަރަންޏެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުން، މިރޭ ބޭއްވި ކެމްޕެއިންގެ ފަހު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އޭގެ ބޭނުންތައް ފުއްދުމަށް އެތައް ރިސޯޓުތަކެއް ދީގެން މިއުޅެނީ. ﷲ ގެ ރަހްމަތާ އެކީގައި 70 ޕަސަންޓަށް ވުރެ ބޮޑު ބައި 2018 ގެ ކުރިން [ލޯނު ދެއްކުން] ނިމޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރަނީ ހަމައެކަނި އެއީ ރީތި އެއާޕޯޓަކަށް ހެދުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ އިގްތިސާދީ ފުރުސަތުތަކެއް ހޯދައި ދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެ ތަނުން ލިބޭ ނަފާ އަކީ އެންމެންނަށް ލިބޭ ފައިދާއަކަށް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ފަޟީހަތްކޮށް، ކަރާމާތަށް އުނިކަން އޮންނަ ގޮތަށް ސިޔާސީ އެކި ބޭފުޅުން ވާހަކަ ދެއްކެވިއިރު، އަޒުމަށް ބަދަލުނައީ އެ ކަންކަމުން ސާފު ތާހިރުވެ ހުންނެވީމަ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނުކުންނެވީ އެ ސަބަބާ ހުރެ ކަމަށް ރައީސް ވިދާޅުވި އެވެ.