މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރައްވާނެ ފަހު ދައުރު ކަމަށާއި މި ދައުރަށް ފަހު އާ ލީޑާޝިޕާ ތަން ހަވާލުކުރާނީ މިނިވަންތަނެއްގެ ގޮތުގައި ކަމަށް ކޮމިޓީގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް ރޭ ރަސްމީކޮށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
06 މެއި 2017
މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރައްވާނެ ފަހު ދައުރު ކަމަށާއި މި ދައުރަށް ފަހު އާ ލީޑާޝިޕާ ތަން ހަވާލުކުރާނީ މިނިވަންތަނެއްގެ ގޮތުގައި ކަމަށް ކޮމިޓީގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް ރޭ ރަސްމީކޮށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
އޮލިމްޕިކް ކޮމިޓީގެ އިންތިހާބީ ކޮންގްރެސް ރޭ ބޭއްވިއިރު، ކޮންމެ މަގާމަކަށް އެންމެ ފަރާތެއް ކުރިމަތިލައްވާފައިވާތީ ހުރިހާ ފަރާތެއް ވަނީ އޮޓޮމެޓިކުން ހޮވިފަ އެވެ.
ނައިބް ރައީސްގެ މަގާމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް ސީވީޑް އަހުމަދު ލަތީފް ހޮވިވަޑައިގެންނެވިއިރު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބުވެވަޑައިގަތީ މިދިޔަ ދެ ދައުރުގައި ވެސް އެ މަގާމް ފުރުއްވި އަހުމަދު މަރުޒޫގު (މަރޭ) އެވެ. ހަޒާންދާރުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ޓީޓީ ކުޅުންތެރިޔާ ހުސެއިން ރަޝީދެވެ.
އެގްޒެކެޓިވް ކޮމިޓީގެ އޮލިމްޕިކް ޓީމް ސްޕޯޓްސްގެ ދެ ޖާގަ އަށް ހޮވުނީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާއި ހޭންޑްބޯލް މޯލްޑިވްސް އެވެ. ނޮން އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯޓްސްގެ ތިން މަގާމަށް ބެޑްމިންޓަން އެސޯސިއޭޝަނާއި ސްވިމިން އެސޯސިއޭޝަން އަދި ޓެނިސް އެސޯސިއޭޝަން ހޮވުނުއިރު ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ މަގާމަށް ހޮވުނީ ބޮޑީބިލްޑިން ފެޑެރޭޝަނާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނެވެ.
އަންހެން ދެ މެމްބަރުންނަށް ހޮވުނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ޔާސްމީން އަބްދުﷲ އާއި ޝޫޓިން އެސޯސިއޭޝަންގެ ފަރާތުން މޯނާ އަހުމަދު އައްބާހެވެ.
ޝަވީދު ވިދާޅުވީ އެސޯސިއޭޝަންތަކުން އޭނާ އާއި އޭނާގެ ޓީމަށް ދިން އިތުބާރަށާއި ތާއީދަށް ޝުކުރުއަދާކުރާ ކަމަށެވެ. ޝަވީދު ވިދާޅުވީ އޭގެ ސިއްރަކީ މިދިޔަ ހަތަރު އަހަރު ކުރި ބުރަ މަސައްކަތް ކަމަށެވެ.
"އޮލިމްޕިކް ކޮމިޓީއަށް އިތުބާރު އޮތްކަން ސާފުކޮށް ފެނިއްޖެ. މަސައްކަތުގައި ޝާމިލްވި އެކްސްކޯ މެމްބަރުންނާއި ސްޓާފުންނާއި އެކި ގޭމްސްތަކުގައި އިސް މީހުންގެ ގޮތުގައި މަސައްކަތްކުރި ފަރާތްތަކަށް ޝުކުރުއަދާކުރަން،" ޝަވީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭނުންވަނީ އޮލިމްޕިކް ކޮމިޓީއަކީ އަމިއްލަ ފައި މައްޗަށް ތެދުވެފައި އޮތް ތަނަކަށް ބަދަލުކުރުން ކަމަށާއި ވަކި ބަޔަކު ފައިސާ ދީގެން ނުވަތަ ނުދީގެން ކުރިއަށް ދެވިފައި ނުވަތަ ނުދެވިފައި އޮންނަތަނަކަށް ވާން ބޭނުން ނޫން ކަމަށެވެ.
"ހަތަރު އަހަރުގެ ޓާމަށް ފަހު އާ ލީޑާޝިޕާ އަޅުގަނޑުމެން މިތަން ހަވާލުކުރާނީ އިންޑިޕެންޑެންޓް ކޮމިޓީއެއްގެ ގޮތުގައި،" ޝަވީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮންނަ ދައުރަށް އަންނަން ބޭނުންވާ ބަޔަކު އެކަމަށް މިއަދުން ފެށިގެން ތައްޔާރުވާންވީ ކަމަށާއި ފަހު ވަގުތު ފަހު މިނެޓުގައި އެކަމަށް ފައި ނަގައިގެން އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ.
"މިތަނުގައި ތިއްބެވި ބޭފުޅުން ހެކިކޮށް އަޅުގަނޑު މި ދަންނަވަނީ މިއީ އަޅުގަނޑުގެ ފަހު ޓާމް. މި ގޮނޑި އަށް ދަހިވެތިވާން ވާންވީ އެހެން ބޭފުޅުން. އަޅުގަނޑުމެންގެ ތެރޭގައި ސެކްރެޓަރީ ޖެނެރަލުންނާއި ރައީސުން އުފެދެންވެއްޖެ،" ޝަވީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްތަގުބަލަށް ލީޑަރުން ތަމްރީންކުރުމުގެ ބޭނުމުގައި ޖޫނިއާ އެކްސްކޯއެއް ކުރިއަށް އޮތްތަނުގައި ގެންއުޅޭނެ ކަމަށެވެ.
ވަރުގަދަ މެސެޖަކާ އެކު ޝަވީދު އާ ދައުރަކާ ދިމާލަށް
ސިޔާސީ ނުފޫޒަކީ ކުޅިވަރަށް ލިބޭ ނިކަމެތިކަން: ޝަވީދު
އޮލިމްޕިކް ކޮމިޓީގެ ގަވާއިދުން އެތުލީޓުންނަށް ބާރުތަކެއް
ނޯމަލައިޒޭޝަން ކޮމިޓީއާ ދެކޮޅަށް ޝަވީދުގެ އިންޒާރެއް!
"ކުޅިވަރުގެ އެންމެ ނުފޫޒު ގަދަ މީހާ"
އޭއެފްސީގެ މާކެޓިން ކޮމިޓީގެ ޗެއާމަނަކަށް ޝަވީދު
ޝަވީދާއި މަރުޒޫގަށް އޮޓޯމެޓިކުން މަގާމް ކަށަވަރުވެއްޖެ
އޮލިމްޕިކް ކޮމިޓީއަށް އިހުތިރާމްކުރަން: ލަތީފް
އޮލިމްޕިކް ކޮމިޓީ އަށް 63 މިލިއަން ރުފިޔާގެ ބަޖެޓެއް
އެސޯސިއޭޝަންތަކުގެ މާލީ ހާލަތު ބެލުން އެމްއެޗްޕީއޭ އަށް