ޓޯކިޔޯ (މެއި 9) - ޖަޕާނުގެ ދެކުނުގެ ހިސާބަކަށް މިއަދު ހެނދުނު ބިންލެހުމެއް އަތުވެއްޖެ އެވެ. ނަމަވެސް ސުނާމީގެ އިންޒާރުދީފައެއް ނުވެ އެވެ.
09 މެއި 2017
ޓޯކިޔޯ (މެއި 9) - ޖަޕާނުގެ ދެކުނުގެ ހިސާބަކަށް މިއަދު ހެނދުނު ބިންލެހުމެއް އަތުވެއްޖެ އެވެ. ނަމަވެސް ސުނާމީގެ އިންޒާރުދީފައެއް ނުވެ އެވެ.
ރިކްޓާ މިންގަނޑުން 6.0 ގެ ބާރު މިނުގައި ބިންހެލުން އައިސްފައި ވަނީ ދެކުނުގެ އޮކިނަވާންގެ މިޔަކޯ ރަށުގެ ބޭރުން 6.2 މޭލު ކަނޑު އަޑި އަށް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުންޏެވެ. ޓޯކިޔޯގެ ހުޅަނގު ދެކުނުން 1،143 މޭލު ދުރުގައި އޮންނަ މިޔަކޯގެ އާބާދީ އަކީ 55،000 މީހުންނެވެ. އެއްވެސް މީހަކަށް އަދި މިހާތަނަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނީ ސުނާމީއެއްގެ ބިރު ނެތް ނަމަވެސް ކަނޑުގެ ލެވެލް އަށް ބަދަލު އަތުވެދާނެ ކަމަށެވެ.
ޖަޕާން އޮންނަނީ ބިންހެލުން އެންމެ އާއްމު ސަރަހައްދުގަ އެވެ. ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބިން ހެލުން ޖަޕާނަށް އާދެ އެވެ. ބިންހެލުމުގެ ގެއްލުން ޖަޕާނަށް ކުޑަވަނީ ބިލްޑިން ކޯޑު ހަރުދަނާވުމާއި ބިންހެލުމާ މެދު އާއްމުންގެ ހޭލުންތެރިކަން ބޮޑުވުމުންނެވެ. އެކަމަކު މާޗް 11، 2011 ގައި ޖަޕާނުގެ އިރު އުތުރުގެ ހިސާބުތަކުގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމުގައި ވަނީ 18،500 މީހުން މަރުވެފަ އެވެ. އަދި ފުކުޝިމާ ނިއުކްލިއާ ޕްލާންޓުން ވަނީ ކެމިކަލް ލީކުވެފަ އެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޖަޕާނަށް އައި އެންމެ ގެއްލުން ބޮޑު ބިންހެލުމެވެ.
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ޓެނިސް ތަރި އޮސާކާއަށް މުބާރާތުން ދޭ ފައިސާ ހެއިޓީއަށް
ޖަޕާނަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރެއް ނެތް
ބާރުގަދަ ބިންހެލުމަކުން ޖަޕާނުގެ އޮސާކާ ގުޑުވާލައިފި
ބޮޑު ބިންހެލުމުން ފުކްޝީމާ މި ފަހަރު ސަލާމަތްވެއްޖެ
އިންޑިއާގެ ނިއު ދިއްލީއަށް ބިންހެލުމެއް
ޣައްޒާގައި ޒަހަމްވި މީހުންނަށް ޖަޕާނުން ފަރުވާ ދެނީ
ދެ ގައުމެއްގެ އާ ސަފީރުންގެ ފަތްކޮޅު އަރުވައިފި
ޓިބެޓްގެ ބިންހެލުމުގައި މަރުވި އަދަދު 100 އިން މަތި
ބިންހެލުމެއްގައި ޓިބެޓް ސަރަހައްދުން ބަޔަކު މަރުވެއްޖެ