Roadha Mihaaru
ބޮޑު ބިންހެލުމުން ފުކްޝީމާ މި ފަހަރު ސަލާމަތްވެއްޖެ

ބޮޑު ބިންހެލުމުން ފުކްޝީމާ މި ފަހަރު ސަލާމަތްވެއްޖެ

22 ނޮވެމްބަރ 2016

ޓޯކިޔޯ (ނޮވެމްބަރު 22) - ޖަޕާނުގެ ފުކްޝީމާ އަށް މީގެ ފަސް އަހަރު ކުރިން އައި ބާރުގަދަ ބިންހެލުމާއި ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތަކުން އެ ސިޓީ އަދި ވެސް އަރައި ނުގަނެ އެވެ. ބިންހެލުމުގެ ކޮންމެ އިންޒާރަކާ އެކު ފުކްޝީމާ އަށް ބޮޑު ބިރުވެރިކަމެއް ގެނުވަ އެވެ. ނަމަވެސް ފުކްޝީމާ އާއި މިޔާގީ އަށް 7.4 ގެ ބާރު މިނުގައި ރޭ އައި ބާރުގަދަ ބިންހެލުމުން މާބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބިން ހެލުން އައުމާ އެކު ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ވަނީ ތިން މީޓަރުގެ އުސް ސުނާމީ އަރައިފާނެ ކަމުގެ އިންޒާރު ދީފަ އެވެ. ނަމަވެސް ބިންހެލުމާ ގުޅިގެން މާ ބޮޑެތި ގެއްލުންތައް ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި އެރީ ގާތްގަނޑަކަށް ތިން ފޫޓު އުސް ރާޅެވެ. އެކަމަކު މީހުން އުސް ހިސާބުތަކުގައި ތިބުމަށް ވަނީ އިންޒާރު ދީފަ އެވެ.

ފުކްޝީމާގެ ނިއުކްލިއާ ރިއެކްޓަރަށް 2011 ވަނަ އަހަރު އައި ބިންހެލުމުގައި ގެއްލުން ލިބުނު ނަމަވެސް މި ފަހަރު ވަނީ ސަލާމަތްވެފައި.

ފުކްޝީމާގެ ނިއުކްލިއާ ރިއެކްޓަރަށް 2011 ވަނަ އަހަރު އައި ބިންހެލުމުގައި ގެއްލުން ލިބުނު ނަމަވެސް މި ފަހަރު ވަނީ ސަލާމަތްވެފައި.

މި ސަރަހައްދަށް 2011 ވަނަ އަހަރު އައި ބިންހެލުމުގައި ވަނީ 18،000 މީހުން މަރުވެފަ އެވެ. މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުމުގައި ފުކިޝީމާގެ ނިއުކްލިއާ ޕްލާންޓް ވަނީ ހަލާކުވެފަ އެވެ. ޕްލާންޓުން ލީކުވި ނިއުކްލިއާ މާއްދާތައް ސާފު ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެ ފަހަރުގެ ބިންހެލުމުގައި ފުކްޝީމާ އަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބުނެވެ.

އޮފިޝަލުން ބުނީ މި ފަހަރުގެ ބިންހެލުމުގައި ނިއުކްލިއާ ޕްލާންޓަށް ގެއްލުމެއް ލިބުނު ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ޖަޕާނަށް އައި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓާ މިންގަނޑުން 7.3 ގައި ކަމަށެވެ.

ފުކްޝީމާ އަށް އައި ބިންހެލުމުގެ އަސަރު ވަނީ 100 މޭލު ދުރުގައިވާ ވެރިރަށް ޓޯކިޔޯ އަށް ވެސް ކޮށްފަ އެވެ. ޓޯކިޔޯގެ އިމާރާތްތަކަށް ވަނީ 30 ސިކުންތަށް ލޮޅުން އަރައިފަ އެވެ.

ޖަޕާނަކީ އާއްމުކޮށް ބިންހެލުން އަންނަ ސަރަހައްދުގައި އޮންނަ ގައުމެކެވެ. ރިކްޓާ މިންގަނޑުން 6 ގެ ބާރު މިނުގައި އަންނަ ބިން ހެލުންތަކުގެ 20 ޕަސެންޓް އަންނަނީ ޖަޕާނަށެވެ.

އެޕްރީލް މަހު ކުމަމޮޓޯ އަށް އައި ދެ ބިންހެލުމެއްގައި ވަނީ 50 މީހުން މަރުވެފަ އެވެ.