Roadha Mihaaru
ފައްލޫޖާއަށް ފަހު އިރާގު ސިފައިންގެ އަމާޒު މޮސޫލް އަށް

ފައްލޫޖާ އަށް ފަހު އިރާގު ސިފައިންގެ އަމާޒު މޮސޫލް އަށް

19 ޖޫން 2016

ބަޣުދާދު (ޖޫން 19) - އިރާގުގެ ވެރިރަށް ބަޣުދާދާ 30 މޭލު ދުރުގައި އޮންނަ ފައްލޫޖާގައި ފިލާތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ހޯދުމުގެ މަސައްކަތް އިރާގު ސިފައިން ފަށާފައިވާ އިރު ދެން އޮތީ މޮސޫލް ހިފުން ކަމަށް އިރާގު ސަރުކާރުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ޖޫން 19) - އިރާގުގެ ވެރިރަށް ބަޣުދާދާ 30 މޭލު ދުރުގައި އޮންނަ ފައްލޫޖާގައި ފިލާތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ހޯދުމުގެ މަސައްކަތް އިރާގު ސިފައިން ފަށާފައިވާ އިރު ދެން އޮތީ މޮސޫލް ހިފުން ކަމަށް އިރާގު ސަރުކާރުން ބުނެފި އެވެ.

ވޭތުވެދިޔަ ދެ އަހަރު އައިއެސްގެ ބާރުގެ ދަށުގައި އޮތް ފައްލޫޖާ މިހާރު އޮތީ އެ މީހުންގެ އަތް ދަށުން ދޫވުމުގެ މަގުމަތީގަ އެވެ. ސިފައިން ހުކުރު ދުވަހު ވަނީ ފައްލޫޖާގެ ސިޓީ ހޯލު ހިފައިފަ އެވެ. ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވީ ސަރުކާރުގެ މުހިންމު އިމާރާތްތައް ހިމެނޭ ސިޓީ ހޯލުގައި ގައުމީ ދިދަ ނެގުމުން ފައްލޫޖާ އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނެވުނީ ކަމަށެވެ.

އިރާގު ސިފައިންގެ މީހަކު ފައްލޫޖާގައި ކާމިޔާބީގެ ނިޝާން ދައްކާލަނީ. --ފޮޓޯ:އޭއެފްޕީ

އިރާގު ސިފައިންގެ މީހަކު ފައްލޫޖާގައި ކާމިޔާބީގެ ނިޝާން ދައްކާލަނީ. --ފޮޓޯ:އޭއެފްޕީ

ފައްލޫޖާ ހިފުމުގެ އޮޕަރޭޝަނުގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް އަބްދުލް ވައްހާބު އަލް ސާދީ ވިދާޅުވީ އިރާގު ސިފައިންގެ އެލީޓް ލަޝްކަރުން މިހާރު ދަނީ ފައްލޫޖާގެ އުތުރުގެ ހިސާބުތައް މިނިވަން ކުރަން މަސައްކަތް ކުރަމުން ކަމަށެވެ. ފައްލޫޖާ ހިފުމުގެ އޮޕަރޭޝަނުގައި ދަނީ އެ ސިޓީ ހިމެނޭ އަންބާރު ޕްރޮވިންސްގެ ފުލުހުން ވެސް ބައިވެރިވަމުންނެވެ. އަންބާރުގެ ވެރި ރަށް ރަމާދީ ވަނީ އައިއެސްގެ ބާރުގެ ދަށުން ޑިސެމްބަރު މަހު ހިފައިފަ އެވެ.

ފައްލޫޖާގެ މެދުތެރޭގެ ހިސާބުތަކުގައި އިރާގު ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ފައްލޫޖާގެ މެދުތެރޭގެ ހިސާބުތަކުގައި އިރާގު ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އިރާގުގެ ސަލާމަތީ އޮފިސަރުން ބުނީ ފައްލޫޖާ ހިފުމުގެ އޮޕަރޭޝަނުގައި އައިއެސްގެ ހަނގުރާމާވެރިންގެ ފަރާތުން ރައްދު ހަމަލާތައް އަންނަލެއް ވަރަށް މަދު ކަމަށާއި އައިއެސްގެ ގިނަ ހަނގުރާމަވެރިން ދަނީ ފައްލޫޖާ އިން ނުކުންނަ އާއްމުނާ އެކު އެ ސިޓީ ދޫކޮށް ފިލަމުން ކަމަށެވެ. ފައްލުޖާ އިން މަދު ވަގުތު ކޮޅެއްގެ ތެރޭގައި ވެސް 20،000 މީހުން ނުކުމެފައިވާ ކަމަށް ނޯވޭޖިއަން ރެފިއުޖީ ކައުންސިލުން ބުނެފައިވެ އެވެ. ސޯޝަލް މީޑިއާގައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެތައް ހާސް ބަޔަކު ވަނީ ފުރާތު ކޯރުގައި ފަތާފައި ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވެފަ އެވެ.

ފައްލޫޖާގެ މެދުތެރޭގެ ހިސާބުތަކުގައި އިރާގު ސިފައިން ފޯރިމަރަނީ. --ފޮޓޯ:އޭއެފްޕީ

ފައްލޫޖާގެ މެދުތެރޭގެ ހިސާބުތަކުގައި އިރާގު ސިފައިން ފޯރިމަރަނީ. --ފޮޓޯ:އޭއެފްޕީ

އިރާގުގެ ޑިފެންސް މިނިސްޓަރު ޚާލިދު އަލް އޮބާދީ ވިދާޅުވީ ކުރިއަށް އޮތީ މޮސޫލް ހިފުމުގެ މުހިންމު އޮޕަރޭޝަން ކަމަށެވެ. އަބާދީ ވެސް ވިދާޅުވީ މޮސޫލް މިނިވަން ކުރުމުގެ މަސައްކަތް ދެން އޮތީ ވަރަށް ކައިރީގައި ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އިރާގުން އައިއެސް ފައްސާލާނެ ކަމަށް އަބާދީ ވަނީ ވިދާޅުވެފަ އެވެ. --އޭއެފްޕީ