Roadha Mihaaru
ދެން އަރާނީ އައިއެސްގެ ވެރިރަށަށް: އެމެރިކާ

ދެން އަރާނީ އައިއެސްގެ ވެރިރަށަށް: އެމެރިކާ

26 އޮކްޓޯބަރ 2016

ޕެރިސް (އޮކްޓޯބަރު 26) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި އޮތް މޫސަލް ސިޓީ ހިފަން އިރާގު ސިފައިން ތައްޔާރުވަމުންދާ އިރު ސީރިއާގައި އައިއެސްގެ ވެރި ރަށުގެ ގޮތުގައި ބަލާ ރައްގާ އަތުލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު އޭޝް ކާޓާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފްރާންސްގެ ދިފާއީ ވަޒީރާ އެކު ޕެރިހުގައި ވާހަކަ ދައްކަވަމުން ކާޓާ ވިދާޅުވީ މޫސަލް ހިފުމުގެ ހަނގުރާމަ ކުރިއަށް ދިޔަ ނަމަވެސް ރައްގާ ހިފުމުގެ އޮޕަރޭޝަން ލަސް ނުވާނެ ކަމަށާއި ޕްލޭނުގައި އޮތީ އެގޮތަށް ކަމަށެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕެރިހުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ ދިފާއީ ވަޒީރު ޕެރިހުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ތަޖްރިބާކާރުން ބުނާ ގޮތުގައި ރައްގާ ހިފުން މޫސަލްހާ ފަސޭހައެއް ނުވާނެ އެވެ. ސަބަބަކީ މޫސަލް ހިފަން އިރާގު ސިފައިން އެހީވަމުންދާ އިރު ރައްގާ ހިފަން ސީރިއާގެ ސިފައިންގެ ލަޝްކަރެއް ނެތުމުން ކަމަށެވެ. ކާޓާ ވެސް ވަނީ ލޯކަލް ސިފައިންގެ ބޭނުންތެރިކަން ބޮޑުކަމަށް ވިދާޅުވެފަ އެވެ. މޫސަލް ހިފުމުގެ ހަނގުރާމައިގައި އިރާގު ސިފައިންގެ އިތުރުން ކުރުދީންނާއި ޝިއައީން ވެސް ދަނީ ބައިވެރިވަމުންނެވެ.

ކާޓާ ވިދާޅުވީ ރައްގާ ހިފުމުގައި ރަޝިޔާގެ އެހީތެރިކަން ބޭނުން ނުވާނެ ކަމަށާއި ރައްގާގެ ޕްލޭނުގައި މޮސްކޯގެ ދައުރެއް ނޯންނާނެ ކަމަށެވެ.

ކާޓާ ވިދާޅުވީ އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހިފުމުގެ އޮޕަރޭޝަން ކުރިއަށްދަނީ ރޭވިފައިވާ ގޮތަށް ކަމަށާއި އައިއެސް ފައްސާލުމުގެ ގާބިލްކަން އިރާގު ސިފައިންނަށް ލިބިގެންވާ ކަމަށެވެ.