Roadha Mihaaru
ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވައަކީ "އާދޭސް"

ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވަ "އާދޭސް" ހޮނިހިރު ދުވަހުގެރޭ ދައްކާލަނީ

09 މެއި 2017

މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ ފުރަތަމަ ވީޑިއޯ ލަވަ އަންނަ ހޮނިހިރު ދުވަހުގެ ރޭ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ފިނާލޭ ޝޯގައި އާންމުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި ލަވަ ކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ ފުރަތަމަ ވީޑިއޯ ލަވަ އަންނަ ހޮނިހިރު ދުވަހުގެ ރޭ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ފިނާލޭ ޝޯގައި އާންމުކުރަން ނިންމައިފި އެވެ.

އަމިއްލަ ރާގަކަށް ޝަލަބީ ކިޔާފައިވާ ލަވައިގެ ނަމަކީ "އާދޭސް" އެވެ. މިއީ އޭނާގެ ބޭންޑްގެ އުފެއްދުމެކެވެ. ލަވައިގެ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ޕޯސްޓަރުން ފެންނަނީ ޝަލަބީ އާއި ދާދި ފަހުން ރިލީޒް ކުރި ފިލްމް "އިލް ނޮއިސް" ގެ ބަތަލާ ޝަމްއަތު އިބްރާހީމެވެ.

އެކަމަކު "އާދޭސް" ލަވަ އިން އެ ދެ މީހުންނާ އެކު ވިންފާޒް، ޔައްމު އަދި ދާއި ވެސް ފެނިގެން ދާނެ އެވެ.

ނަމަވެސް ލަވައާ ބެހޭ މާ ގިނަ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ޔަގީންވާ ކަމަކީ ޝަލަބީގެ އަޑުން ލަވައެއް އިވޭ ނަމަ ގިނަ ބަޔަކަށް ކަމުދާނެ ކަމެވެ. "އާދޭސް" ލަވައަކީ ތިން މަސް ދުވަހުގެ މަސައްކަތް ކަމަށްވެ އެވެ.

ޝަލަބީގެ ވީޑިއޯ ލަވަ "އާދޭސް" ގެ ޕޯސްޓަރު.

މި ލަވަ ވެގެން ދާނީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ދެވަނަ އަށް ދިޔަ ޝަލަބީ ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފުރަތަމަ ވީޑިއޯ ލަވައަށެވެ.

ޝަލަބީ ވަނީ ދާފި ފަހުން "ބޭނުމޭ އިޝްގާ" ގެ ކަވަ ލަވައެއް ވެސް އެހުންތެރިންނަށް ދޫކޮށްލައިފަ އެވެ. މިދިޔަ އަހަރު އޭނާ ވަނީ "ހިދާއީ ނޫރު" ގެ ނަމުގައި މަދަހަ ސީޑީއެއް ވެސް ނެރެފަ އެވެ.