Roadha Mihaaru
ޝަލަބީގެ "ފަތްމިނި" އަކީ އަންހެނުން ޝިފާ

ޝަލަބީގެ "ފަތްމިނި" އަކީ އަންހެނުން ޝިފާ

08 ޖެނުއަރީ 2022

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމާއި އޭނާގެ އަންހެނުން އަދި ލަވަކިޔުންތެރިޔާ ޝިފާ އިބްރާހީމް އެކީގައި ކުޅެފައިވާ ވީޑިއޯ ލަވަ "ފަތްމިނި" އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމާއި އޭނާގެ އަންހެނުން އަދި ލަވަކިޔުންތެރިޔާ ޝިފާ އިބްރާހީމް އެކީގައި ކުޅެފައިވާ ވީޑިއޯ ލަވަ "ފަތްމިނި" އާންމުކޮށްފި އެވެ.

ލޯބީގެ މަޑުމައިތިރި ރާގަކަށް ޝަލަބީ ކިޔާފައިވާ ލަަވައިގެ މިއުޒިކް ހެދީ އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އެވެ. އަދި މި ލަވަ ނެރެފައި ވަނީ ވެސް އޭނާގެ ސްޓޫޑިއޯ، ޓޮނިކް ލައިވްގެ ތައްގަނޑުގަ އެވެ. "ފަތްމިނި" ލަވައިގެ ޅެމާއި ސްޓޯރީ ބޯޑު އޭޑަބްލިއު ހެދި އިރު، މީގެ ޑައިރެކްޝަންގެ ފަހަތުގައި ހުރީ ހުސައިން މުނައްވަރު (ކުޑަފޫޅު/ހުސައިން ކިޑް) އެވެ. ލަވައިގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރީ ވެސް އޭނާގެ ކިޑް ސްޓޫޑިއޯއިންނެވެ.

ރީތި މަންޒަރުތަކާއި ޗާލު ކޮސްޓިއުމްތަކެއް ވެސް ފެނިގެންދާ "ފަތްމިނި" ލަވައިގެ މޭކަޕާއި ކޮސްޓިއުމް ހެދީ ރިޝްފާ އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި ޝަލަބީގެ އަންހެނުން ޝިފާ އަކީ ވެސް ހަމަ އެ ޝޯ އިން އާންމުންގެ ސަމާލުކަން ލިބުނު ލަވަކިޔުންތެރިއެކެވެ. އެ ދެ މީހުން ކައިވެނިކުރީ 2020 ގަ އެވެ.