Roadha Mihaaru
ބޭނުން ވަނީ: މީރާ އާއި ޝަލަބީގެ ޑުއެޓެއް

ބޭނުން ވަނީ: މީރާ އާއި ޝަލަބީގެ ޑުއެޓެއް

09 މާޗް 2018

މީރާ މުހައްމަދު މާޖިދާއި ޝަލަބީ އިބްރާހީމަކީ ކުރިން ވެސް ދެ މީހުން އެކުގައި ކިޔަވާފައިވާ ކަވަ ލަވަތަކެއް ބެލުންތެރިންނަށް ހަދިޔާކޮށްފައިވާ ދެ ފަންނާނުންނެވެ. އަދި އެ ދެ މީހުން ކިޔާފައިވާ ލަވަތައް އާންމުންގެ މެދުގައި ވަރަށް މަގުބޫލު ވެސް މެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީރާ މުހައްމަދު މާޖިދާއި ޝަލަބީ އިބްރާހީމަކީ ކުރިން ވެސް ދެ މީހުން އެކުގައި ކިޔަވާފައިވާ ކަވަ ލަވަތަކެއް ބެލުންތެރިންނަށް ހަދިޔާކޮށްފައިވާ ދެ ފަންނާނުންނެވެ. އަދި އެ ދެ މީހުން ކިޔާފައިވާ ލަވަތައް އާންމުންގެ މެދުގައި ވަރަށް މަގުބޫލު ވެސް މެ އެވެ.

މި ފަހަރު މިއޮތީ ދެ މީހުންގެ އާ ޑުއެޓެކެވެ. އަމިއްލަ ރާގަކަށް ކިޔާފައިވާ މި ލަވައިގެ ނަމަކީ "ބޭނުން ވަނީ" އެވެ. ލަވައިގެ އޯޑިއޯ އާންމުންނަށް ދޫކޮށްލަމުން މީރާ ފޭސްބުކްގައި ބުނީ އާ ލަވައަކީ 2016 އިން ފެށިގެން އޭނާ މަސައްކަތް ކުރަމުން އަންނަ ލަވައެއް ކަމަށެވެ.

"ބޭނުން ވަނީ" ގެ މެލޮޑީ އާއި ޅެން ހަދާފައި ވެސް މީރާ އެވެ. އަދި ލަވައިގެ މިކްސިން، މާސްޓަރިން އަދި ރިކޯޑިން ހަދާފައި ވަނީ މިސްޓީ އެވެ. މި ލަވައަކީ ތަންކޮޅެއް މަޑުމައިތިރި ސްޓައިލްގެ ލޯބީގެ ލަވައެކެވެ.

ޔަގީނުން ވެސް މީރާ އާއި ޝަލަބީގެ ލަވަތަކަށް ލޯބި ކުރާ މީހުންނަށް ލަވަ ކަމުދާނެ އެވެ. ފަހަރުގައި އަދި ލަސްތަކެއް ނުވެ، މި ލަވައިގެ ވީޑިއޯ ވެސް ގެނެސް ދީފާނެ އެވެ.

މީރާ އާއި ޝަލަބީގެ އާ ލަވަ "ބޭނުން ވަނީ"

ލަވަކިޔުންތެރިޔާ ފާލިހްއާ ކައިވެނިކޮށް އުޅޭ މީރާ މީގެ ކުރިން ވެސް ވަނީ ވަރަށް ރީތި ތިން ލަވައިގެ ވީޑިއޯއަކުން އަސަރު ގަދަ ލޯބީގެ ވާހަކައެއް ވެސް ކިޔައި ދީފަ އެވެ. އަދި ދާދި ފަހުން މީރާ އާއި ސޮއްޕެގެ އާ ލަވައެއް ވެސް ވަނީ ފޭނުން ދޫކޮށްލައިފަ އެވެ. އެއީ މަރުގެ ވާހަކަތައް ކިޔައިދޭ "ގާތިލު" އެވެ.