Roadha Mihaaru
ޝަލަބީގެ "ފަތްމިނި" މާދަމާ ފެންނާނެ

ޝަލަބީގެ "ފަތްމިނި" މާދަމާ ފެންނާނެ

06 ޖެނުއަރީ 2022

އެހުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ އާ ވީޑިއޯ ލަވައެއް މާދަމާ ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެހުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ އާ ވީޑިއޯ ލަވައެއް މާދަމާ ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

"ފަތްމިނި" ކިޔާ އެ ލަވައިގެ ޓީޒާއެއް އާންމުކޮށްފައި ވިޔަސް އެ ގެނެސްދީފައި އޮތީ ލަވައިގެ ކާސްޓުންނަކީ ކޮބައިކަން، ލަވަ ރިލީޒްކުރުމާ ހަމަ އަށް "ސިއްރުކުރާ" ގޮތަށެވެ. އެކަމަކު މި ލަވައިން ޝަލަބީ ވެސް ފެންނާނެ އެވެ.

ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) ގެ ޓޮނިކް ލައިވް ސްޓޫޑިއޯގެ ތައްގަނޑުގައި ގެނެސްދޭ ލަވައިގެ ވީޑިއޯގެ މަސައްކަތުގެ ފަހަތުގައި ހުރީ ހުސައިން މުނައްވަރު (ކުޑަފޫޅު/ހުސައިން ކިޑް) އެވެ.

ފީޗާ ފިލްމުތައް ކަމަށްވާ "ސަޒާ" އާއި "ދިލަކަނި" ގެނެސްދިން ހުސައިން އަކީ ކުރިން ވެސް ޓޮނިކް ލައިވްގެ ލަވަތަކެއްގެ މަސައްކަތްކުރި މީހެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ލަވަ އަކީ ކުޑައިއްބެ އާއި ޝިޔާޒާ މުހައްމަދާ އެކު 2017 ގައި ގެނެސްދިން ވީޑިއޯ ލަވަ "ލޯބިކަން" އެވެ.

"ފަތްމިނި" ލަވަ އަކީ މަޑުމައިތިރި ލޯބީގެ ވަރަށް ހިތްގައިމު ލަވައަކަށް ވާނެ އެވެ. އަދި ލަވައިގެ މަންޒަރުތައް ވެސް އެހާމެ ރީތިވާނެ އެވެ. އިންތިޒާރުކޮށްލަން ޖެހެނީ ވީޑިއޯ ދޫކޮށްލާނެ ވަގުތަކަށެވެ.